logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސްޓްލޭޑީ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތް ކުރައްވައިފި

ފަސްޓްލޭޑީ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.

ގުޑް މާކެޓްގެ ފަރާތުން އިންތިޒާމުކުރި މި ޒިޔާރަތުގައި، އެކަމަނާ ވަނީ ކޮލަންބޯގެ ޒަމާންވީ "ދި 80 ކްލަބު އޮފް ކޮލަންބޯ" ގައި ކުރިއަށްދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް ބައްލަވާލައްވާފައެވެ. އެގޮތުން މި މައުރަޒުގައި ދައްކާލާފައިވާ އުފެއްދުންތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތުގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި ދުޅަހެޔޮކަމާ ގުޅޭ އުފެއްދުންތަކާއި، ޒިންމާދާރުގޮތުގައި ތައްޔާރުކުރެވޭ އަންނައުނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެކިއެކި ބްރޭންޑްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން މުޖުތަމަޢުގެ ލާބައަށް ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އައު ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި އިޖުތިމާޢީ މަންފާއަށް ވިސްނުމާއި ގުޅޭގޮތުންނާއި މިފަދަ އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ހޯދުމާބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތައް ބާރުވެރިކުރުވުމާއި، ޝާމިލު އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަދަ ގުޅުންތައް ޤައުމުތަކުގެ މެދުގައި އާލާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ މި ޒިޔާރަތުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުމާއި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.

ސްރީލަންކާގެ ގުޑް މާކެޓަކީ، ޒިންމާދާރުކަމާއެކު ތަކެތި އުފައްދައި ބޭނުންކުރުމަށް ބާރުއަޅައިގެން ހިންގާ ޝާމިލު އަދި ދެމެހެއްޓެނިވި ވިޔަފާރިތަކަށް އެއްބާރުލުންދީ އެފަރާތްތަކުގެ އުފެއްދުންތައް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގާ މާކެޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްޓްލޭޑީ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހަގީގަތް ހޯދައި، މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަކަން ކަށަވަރުކުރަންވާނެ: މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންރާއްޖެ ބިނާކުރުމަށް މަސައްކަތްތެރިން ކުރާ މަސައްކަތަށް މެޑަމް ސާޖިދާ ޝުކުރު އަދާކުރައްވައިފިޚަބަރު | 3 ދުވަސް ކުރިން"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި ޚަބަރު | 9 ދުވަސް ކުރިން