logo
Bank of Maldives

Bank of Maldives

ޚަބަރު

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް އެކަމަކު ލޭ ހަދިޔާ ކުރުމުގައި ކޮންމެ މީހަކަށްވެސް ދީލަތިވެވޭނެ: މެޑަމް ސާޖިދާ

ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވާހަކަދައްކަވަނީ- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވާހަކަދައްކަވަނީ- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް އެކަމަކު ލޭ ހަދިޔާ ކުރުމުގައި ކޮންމެ މީހަކަށްވެސް ދީލަތިވެވޭނެ ކަމަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޑަމް ވަނީ އެފުރުސަތުގެ ދަރުމަ ހޯދުމަށާއި އިންސާނިއްޔާތަށް މި ޚިދުމަތް ދިނުމަށް އެދިވަޑައުގެންފައެވެ. އަދި މި ޚިދުމަތުގައި ތިއްބެވި އެންމެ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

މެޑަމް ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންނަކީ ޝަރަފުވެރި ބައެއް ކަމަށާއި އެކަން ސިއްޙީ ގޮތުން ދުޅަހެޔޮ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ލޭ ހާދިޔާ ކުރާ މީހުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކޮށް ވަނީ އެކަމުގެ ހަނދާނީ ލިއުމާއި އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިގުމުއްދަތަކަށް ލޭ ހަދިޔާ ކުރައްވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރަން ފެއްޓެވި 18 އަހަރުވީ 29 ފަރާތަކަށް އެކަމުގެ ހަނދާނީ ލިއުން ވަނީ އަރުވާފައެވެ. އަދި މިދިޔަ އަހަރު އެންމެ ގިނަ ބްލަޑް ޑޮނޭޝަން ކޭމްޕް ބޭއްވި އަދި އެންމެ ގިނައިން ލޭ ހަދިޔާ ކުރި 3 ފަރާތަކަށް ވަނީ އެކަމުގެ ހަނދަނީ ލިއުން އަދި ފިލާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ލޭ ހަދިޔާ ކުރެއްވަމުން ގެންދަވާ ފަރާތްތަކުގެ ތެރެއިން ގޯލްޑް އެވޯޑް 3 ފަރާތަކަށް ވަނީ ދީފައެވެ. އަދި މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާ ކުރެއްވި 6 ފަރާތަކަށް ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ވަނީ އަރުވާފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެއަތުވި ދެ އަހަރުތެރޭ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރި ކަމަށް ކުރި އެރުންތަކެއް ލިބިއްޖެޚަބަރު | 9 ދުވަސް ކުރިންއެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީޚަބަރު | 16 ދުވަސް ކުރިންރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފިޚަބަރު | މަހެއް ކުރިންޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން