logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފި

އައިޝަތު ނަޝާ
9 ޖުލައި 2026 - 07:49
ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފި

ދިވެހިރާއްޖޭގައި ހިސާބު ޢިލްމު ފުޅާވެ ކުރިއަރައިގެންދިޔަގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ނެރެދެއްވައިފި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ އެކަމަށްޓަކާ އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.

މި ފޮތަކީ ހިސާބު ޢިލްމާއި، ދިވެހި ސަގާފަތާއި އަދި ތަޢުލީމީ ދާއިރާގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ޢިލްމީ މަސައްކަތެވެ. ފުޅާ ދާއިރާއެއްގައި ކުރި ދިރާސާތަކަށް ބިނާކޮށް ތައްޔާރުކުރި މި ފޮތުން، ދިވެހިންގެ މަސްވެރިކަމާއި، ނިޔަމިކަމާއި، ވަޑާންކަމުގެ އިތުރުން ކަސަބު ފަދަ އަތްތެރި މަސައްކަތްތަކާއި ދަނޑުވެރިކަމުގެ ތެރޭގައި ހިސާބު ޢިލްމު ބޭނުންކުރަމުން އައިސްފައިވާ ގޮތްތައް ފާހަގަކުރެވޭ މިންވަރު ވަރަށް ފުރިހަމައަށް ހާމަކޮށްދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އިއްޔެ ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރިއިރު، ޤައުމުގެ ތައުލީމީ އަދި ސަޤާފީ ތަރިކައަށް މުހިންމު އިތުރުވުމެއް ގެނެސްދޭ މިފަދަ ފޮތެއް ނެރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފޮތަކީ ރާއްޖޭގެ ސަޤާފަތާއި، ހިސާބު ޢިލްމާއި، ތަޢުލީމީ މަންހަޖު އެކުލަވާލުމުގައި ހުރި ގުޅުންތައް ދިރާސާކޮށްފައިވާ މުހިންމު މަސައްކަތެއްކަ ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޢިލްމު ކުރިއެރުވުމުގަ އާއި، އައު އީޖާދުތައް އުފެއްދުމުގައާއި، އަދި މުޖުތަމަޢަށް ފައިދާހުރި ހައްލުތައް ހޯދުމުގައި ޔުނިވަރސިޓީތަކުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވި އެވެ. އަދި ޤައުމީ ޔުނިވަރސިޓީ ފަދަ މުއައްސަސާތަކުން ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭކަން ފާހަގަކުރައްވާ، މިއަދު އަޅުގަނޑުމެން މި ދެކެނީ މާޒީ އަދި މުސްތަޤުބަލު ގުޅުވައިދޭ ދިރާސާއެއްގެ ފުރިހަމަ މިސާލެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ހިސާބު ޢިލްމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ސްކޫލުގައި ކިޔަވާ މާއްދާއެއް ނޫން ކަމަށާއި، މިއީ ކަންކަމުގައި ބުއްދިވެރި ނިންމުންތައް ނިންމުމަށާއި، އުފެއްދުންތެރި ވިސްނުމަށާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މުހިންމު ހުނަރެއް ކަމަށެވެ. އަދި ސައިންސާއި، ޓެކްނޮލޮޖީއާއި، ފައިނޭންސް ފަދަ ދާއިރާތަކުގެ ބިންގަލަކީވެސް ހިސާބު ޢިލްމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 4 ދުވަސް ކުރިންރާއްޖޭގެ ފުރަތަމަ ޤައުމީ ގަރލް ގައިޑް ދުވަހުގެ ޖަލްސާ ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 7 ދުވަސް ކުރިން