logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީ

އައިޝަތު ނަޝާ
26 ޖުލައި 2026 - 05:37
އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީ

މިއަދު ކޮންމެ ރައްޔިތެއްގެވެސް އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންްނަށް ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter



ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ލިބިފައި ވަނީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުން ކަމަށެވެ. މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަކީވެސް ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށާއި މި މަސައްކަތުގައި މާތް ﷲ ކާމިޔާބީ ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފިޚަބަރު | 17 ދުވަސް ކުރިންޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | 19 ދުވަސް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 21 ދުވަސް ކުރިން