logo
Bank of Maldives

Bank of Maldives

ޚަބަރު

ވެއަތުވި ދެ އަހަރުތެރޭ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރި ކަމަށް ކުރި އެރުންތަކެއް ލިބިއްޖެ

އަޙުމަދު ރިޝާން
2 އޯގަސްޓު 2026 - 07:34
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ

 ވެއަތުވި ދެ އަހަރުތެރޭ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރި ކަމަށް މުހިއްމު ކުރި އެރުންތަކެއް ލިބިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާއި ގުޅިގެން މީސްމީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ މައިން ދަރިފުޅަށްޓަކައި ހޭދަ ކުރާ ވަގުތާއި ގުރުބާނީއަކީ މައިވަންތަކަމުގެ ލޯބީގެ މިސާލެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ގާތުން ދިނުމުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ މައިމިހާ ދަރިފުޅާ ދެމެދު މައިވަންތަކަމުގެ ބިންގަލެއް އެޅިގެންދާ ކަމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ޝިއާރަކީ ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން، ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" މި ޝިއާރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ވެއަތުވި ދެ އަހަރުތެރޭ ވަޒީފާގެ މަސައްކަތްކުރާ އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށް ގާތުން ކިރު ދިނުމަށް ދެ އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި މުސާރަ ލިބޭ ގޮތަށް މެޓާނިޓީ ލީވް އިތުކޮށްފީ މައިންނާއި ޅަދަރިންގެ ސިއްހީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެކަމަނާ ފާހަގަ ކުރެއްވެވި އެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ، ފަހު ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު މުސާރައިން ނުކެނޑޭ ގޮތަށް 30 މިނެޓު ލިބޭނެ އެވެ. އަދި ގާނޫނުގެ ދަށުން ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ލިބޭ ގޮތަށްވެ އެވެ. ކުރިން ގާނޫނުން އޮންނަ ގޮތުން ލިބެނީ އެންމެ އަހަރެކެވެ. މިއަހަރުތެރޭ ވަނީ އެ ގާނޫނު އިސްލާހުކޮށް ދެ އަހަރަށް އިތުރު ކޮށްފަ އެވެ.ސާޖިދާ އިތުރަށް ވިދާޅުވީ ކުދިންގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި، މައިންގެ ޗުއްޓީއާއި ގާތުން ދިނުމަށް ދޭ ވަގުތު ހިމެނޭހެން، ސަރުކާރުންދޭ ހައްގުތަކުގެ ބޭނުން ހިފުން މުހިއްމު ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެއަތުވި ދެ އަހަރުތެރޭ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރި ކަމަށް ކުރި އެރުންތަކެއް ލިބިއްޖެޚަބަރު | ގަޑިއިރެއް ކުރިންއެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފިޚަބަރު | 24 ދުވަސް ކުރިންޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން