logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ކޮލިޓީގެ މައްސަލައެއް ނޫޅޭނެ: ވަޒީރު މުއްތަލިބް

އައިޝަތު ނަޝާ
6 މޭ 2026 - 05:56
 ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ކޮލިޓީގެ މައްސަލައެއް ނޫޅޭނެ: ވަޒީރު މުއްތަލިބް

 ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ކޮލިޓީގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި،ބްރިޖުގައި އަޑިގުޑަންތަކެއް ހުރި ކަމަށް ވާހަކަ ދެކެވުނަސް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލެއްވުމަށް އިއްޔެ ބައެއް ނޫސްވެރިންނާއެކުގައި މުއްތަލިބް ވަނީ ބްރިޖު ސައިޓަށް ވަޑައިގެންފައެވެ. މުއްތަލިބާ އެކުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން އާއި އިންޑިއާ ހައި ކޮމިޝަންގެ ވެރިންނާއި އެފްކޮންސްގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި މުއްތަލިބާއި އިންޑިއާ ސަފީރު ވަނީ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިންނާ ބައްދަލުކޮށް ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުއްވައިފައެވެ.

ތިލަމާލެ ބްރިޖު ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ތިލަމާލެ ބްރިޖުގައި އަޑިތަކެއް ހުރިކަމަށް ބުނެ މީސް މީޑިއާގެ އެކި މަންސަތަކުގައި ވާހަކަ ފަތުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ ކޮލިޓީގެ މައްސަލައެއް ނޫޅޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން އިލޫޝަންއޭ، މަސައްކަތް ކުރިއަށްދަނީ ބްރިޖުގައި އެ ބުނާ ކަހަލަ ބެންޑްތަކެއް ހުރެގެނެއް ނޫން.އިދާރަކުރެއްވިއްޔާ ބްރިޖު ނިމިގެންދާއިރު މި ބްރިޖު ވާނީ އިންޖީނިއަރިން މާވެލްއަކަށް. މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއް"ވަޒިރު މުއްތަލިބްް

އިންޑިއާ ސަފީރު ވިދާޅުވީ މި ބްރިޖު ވަނީ ދުނިޔޭގެ އިންޖީނިއަރިންގައި އަޖައިބުކުރަނިވި މަސައްކަތަކަށް ކަމަށެވެ. މިއީ އިންޑިއާ އިން އެ ގައުމުން ބޭރުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އަދި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި އިންޑިއާގެ އެފްކޮންސް އިން މިހާރު ދޭ ޔަގީންކަމަކީ އަންނަ އަހަރު މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅުވާލެވޭނެ ކަމުގެ ޔަަގީންކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ކޮލިޓީގެ މައްސަލައެއް ނޫޅޭނެ: ވަޒީރު މުއްތަލިބްޚަބަރު | 3 ގަޑިއިރު ކުރިން