logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫއޭއީއަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔޫއޭއީއަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ހަމަލާތަކަކީ ޔޫއޭއީގެ ސިޔާދަތަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއް ކަމަށާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެއިން ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާ އެކު ފުރިހަމައަށް ސާބިތުވެ ތިބި ކަމަށާއި، އެ ގައުމުގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް އަޅާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މި މައްސަލަ އިތުރަށް ގޯސްވިޔަ ނުދީ ހުއްޓުވުމުގެ މުހިންމުކަން ފާހަގަކޮށް، މަޝްވަރާއާއި ހިކުމަތްތެރި ހައްލުތައް މެދުވެރިކޮށް ނުތަނަވަސްކަން ކުޑަކުރުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލައިފައެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައި ހުންނަ ޔޫއޭއީއަށް އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކެއް މެއި މަހުގެ 4 ވަނަ ދުވަހު ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓު ތަަރައްޤީކުރެވޭނީ ސަރުކާރުގެ %45 ހިއްސާ އޮންނަ ކުންފުނިތަކަށް ޚަބަރު | މަހެއް ކުރިންޑައިވަރުންގެ މަރުގެ މައްސަލާގައި އިޓަލީއިން ޖިނާއީ ތަހުގީގެއް ފަށައިފިޚަބަރު | 2 މަސް ކުރިންޔޫއޭއީއަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 3 މަސް ކުރިންއިސްރާއިލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އަލް-އަގްޞާ މިސްކިތަށް ވަނުން ދިވެހިސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 2 އަހަރު ކުރިން