logo
Bank of Maldives

Bank of Maldives

ވިޔަފާރި

"ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތައާރަފުކުރަނީ!

އައިޝަތު ނަޝާ
7 މޭ 2026 - 13:06
"ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތައާރަފުކުރަނީ!

ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތައާރަފުކުރުމަށް އިޤްތިސާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

10 މޭ 2026 އިން ފެށިގެން، ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދުމުގެ ޚިދުމަތް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޓްރޭޑިއަން ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހި އަމަލީގޮތުން ބޭނުންކުރަން ފަށާފައިވަނީ 20 އޭޕްރީލް 2025 ގައެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި އުޅަނދުފަހަރުގެ ކްލިއަރެންސް މަސައްކަތްތަކުގައި ބައިވެރިވާ އެކި އިދާރާތައް އެއް ވިއުގައަކުން ގުޅާލައި، އެ މަސައްކަތްތައް ލުއިފަސޭހަކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އަވަސްކުރުމެވެ.

އަލަށް ތައާރަފުކުރެވުނު މި ޚިދުމަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 10 މޭ 2026 ވާ އާދިއްތަ ދުވަހުއެވެ. ނަމަވެސް، މި ބަދަލަށް ކަސްޓަމަރުންނާއި ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން، 10 ޖޫން 2026 އާ ހަމައަށް މިހާރު ބޭނުންކުރަމުންދާ ވަސީލަތްތަކުގެ އިތުރުން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ވެސް ޚިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ.

11 ޖޫން 2026 އިން ފެށިގެން ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދޭ ހުރިހާ އެޕްލިކޭޝަނެއް ބަލައިގަންނާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތައާރަފުކުރަނީ!ވިޔަފާރި | 2 ގަޑިއިރު ކުރިން