logo
Bank of Maldives

Bank of Maldives

ޚަބަރު

"ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް"

މަރިޔަމް މާޙީ
9 މޭ 2026 - 18:51
"ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް"

ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކު ހިމާޔަތްކޮށްދީ ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި ފަރާތްތަކަށް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް، އަދި ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރެއްވި ސިފައިން ހިމެނެއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ "ފިޓަސްޓް ސޯލްޖަރ" އަންހެން އަދި ފިރިހެން ވަނަ ހޯދި ފަރާތްތަކަށާއި "ފިޓަސްޓް ޔުނިޓް" އަށްވެސް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް ބައިވެރިވެވަޑައިގަތެވެ.

ޖަލްސާ ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ދިފާޢީ ބާރުގެ އިސް އޮފިސަރުންނާއި، ދަޢުލަތުގެ ވަޒީރުންނާއި، އިސްވެރީންގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 21 އެޕްރިލް އެވެ. އެންމެ ފުރަތަމަ ސިފައިންގެ އަހަރީ ދުވަސް ފާހަގަކޮށްފައިވަނީ 16 ރަޖަބް 1366 ގައެވެ. އެއީ މީލާދީން 06 ޖޫން 1947 އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފިޚަބަރު | 10 ގަޑިއިރު ކުރިން"ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް"ޚަބަރު | 11 ގަޑިއިރު ކުރިންސިފައިންނަށް ޚާއްޞަ ހައުސިންގ މަޝްރޫޢެއް މި އަހަރު ފަށަނީޚަބަރު | 11 ގަޑިއިރު ކުރިންސިފައިންގެ ޚިދުމަތް ވަރުގަދަކޮށް، ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން