logo
Bank of Maldives

Bank of Maldives

ޚަބަރު

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީން ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް!

އައިޝަތު އިނާޝާ
12 މޭ 2026 - 11:33
މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީން ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް!

1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކަށް މިއަދު ރާއްޖެއަށް ވަޑައިގެންނެވި މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން މިއަދު ވަނީ 18 ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ބައިވެރިވެލެއްވިއެވެ.

ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ޙައްޖު މޫސުމުގައި ފުރާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީން ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް!ޚަބަރު | ގަޑިއިރެއް ކުރިން