logo
Bank of Maldives

Bank of Maldives

ޚަބަރު

ފިކުރު ތަފާތު ވިއަސް ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން: ވަޒިރު ސައީދު

އައިޝަތު ނަޝާ
13 މޭ 2026 - 08:07
ފިކުރު ތަފާތު ވިއަސް ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން: ވަޒިރު ސައީދު

ވިޔަފާރިވެރިންގެ ތެރޭގައި ސަރުކާރާ ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތައް ތިބި ނަމަވެސް، ހުރިހާ ފަރާތްތަކުންވެސް އިގްތިސާދީ ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށް  އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވަނީ މަޝްވަރާގެ މަގުން ކުރެވޭ ކަންކަން ކާމިޔާބުވާނެކަން އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ހާމަވެގެންދާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވަނީ މި ޑައިލޮގަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ އިގްތިސާދީ އަދި ތަރައްގީގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޑައިލޮގުން އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އެކުލަވާލާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އައްޑުއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެހެންވެ މި ޚިޔާލުތައް ހުށަހެޅުމުގައި ޑައިލޮގްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައި މަޝްވަރާތައް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެކަށީގެންވާ ލޭންޑް، އެކަށީގެންވާ ލޭބަރ، އެކަށީގެންވާ ފައިސާ ލިބިގެން މިކަންކަން ކުރެވޭނީ. އެއީ ކުރެވޭނެ ގޮތްކަން އަޅުގަނޑުމެން އެންމެނަށްވެސް ޤަބޫލުކުރެވޭ. އެކަމަކު މިކަންކަން ފެސިލިޓޭޓް ކުރުމުގައި ސަރުކާރަށް އެކަންޏެއް އަޅުގަނޑަަކަށް ހިޔެއް ނުވޭ މިކަންކަން ކުރެވޭނެހެނެއް. މިކަންކަން ކުރުމުގައި ސިޓީ ކައުންސިލްވެސް މުހިންމުވާނެ. ކައުންސިލަރސްގެ އިމްޕުޓްވެސް މުހިންމުވާނެ. މުވައްސަސާތަކުގެ އިންޕުޓްވެސް މުހިންމުވާނެ. އަދި ވިޔަފާރިވެރިންގެ އިމްޕުޓްސްވެސް މުހިންމުވާނެ" ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ވިދާޅުވީ އައްޑޫގައި ކުރިއަށްގެންދެވޭ މަޝްރޫއަކީ ސަރުކާރުން 2040ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށްގެންދެވޭ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިކުރު ތަފާތު ވިއަސް ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން: ވަޒިރު ސައީދުޚަބަރު | ގަޑިއިރެއް ކުރިން