logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންގެ ދުވަސް ފަހަގަކޮށްފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
14 އޮކްޓޯބަރު 2024 - 05:55
ރާއްޖޭގައި ޖަަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެއާރ ގެ ތެރެއިން--ފޮޓޯ/ސަރުކާރު
ރާއްޖޭގައި ޖަަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެއާރ ގެ ތެރެއިން--ފޮޓޯ/ސަރުކާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންގެ ދުވަސް މިއަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްސަ ފެއާ އެއް ބާއްވައިފިއެވެ.

އެ ފެއާގެ ޙަރަކާތްތައް ބާއްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން، ރާއްޖޭގައި ޖަނަވާރުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކުގައެވެ. މިއީ ރާއްޖޭގައި ޖަނަވާރުުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރި ފުރަތަަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ އެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިއްމު މަޤުޞަދަކީ އިންސާނުންގެ ދިރިހުރުމަށާއި، ދިރިއުޅުމަށް އޮތް، ޖަނަވާރުންގެ އަގުނުކުރެވޭ ހިއްސާ ފާހަގަކޮށް، ޖަނަވާރުންގެ ޙައްޤުތަކާމެދު ޢާއްމުން ހޭލުންތެރިކޮށް، އަޚުލާޤީ މިންގަނޑުން ރަޙުމާއި، އިންސާނިއްޔަތުކަމާއެކު އެތަކެއްޗާމެދު ޢަމަލުކުރުން ކުރިއެރުވުމާއި، އެތަކެތި ގެންގުޅުމުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކަށް ބާރުއެޅުން ޢާއްމުކުރުން މުހިންމު ކަމަށެވެ. އަދި ޖަނަވާރުތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަމާއި، އެ ތަކެއްޗަށް އޯގާތެރިވުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ދުވަހާ ގުޅިގެން ޖަނަވާރުގެ ދުޅަހެޔޮކަމާ ބެހޭ ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމުގައި ޖަނަވާރުންގެ ޙައްޤުތަކާއި، އެ ތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މީގެއިތުރުން، ދަނޑުވެރިކަމާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން 'ފޮޓޯ ވިތް މައި ޕެޓް' ގެ ނަމުގައި ޚާއްޞަ ފޮޓޯ މުބާރާތެއްވެސް ވަނީ ސޯޝަލް މީޑިއާގައި ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންގެ ދުވަސް ފަހަގަކޮށްފިޚަބަރު | 2 އަހަރު ކުރިންގްރީންހައުސް އިނީޝިއޭޓިވް ފުޅާކުރުމަށް އިތުރު ފަސް ރަށެއް ބައިވެރިވެއްޖެޚަބަރު | 2 އަހަރު ކުރިން