logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވައިފި

އަބްދުﷲ ޣާނިމް
18 މޭ 2026 - 03:28
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވައިފި

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް ސެންޓަރުން އިސްނަގައިގެން ބާއްވާ 'ހައިކޮމިޝަނާސް ކަޕް' ގެ ދަށުން 'ސްޓްރީޓް ސޮކަރ' މުބާރާތެއް 16 މެއި 2026 ގައި މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ބާއްވައިފިއެވެ. މިއީ މިއަހަރުގެ ތެރޭގައި މި ސިލްސިލާގެ ދަށުން ބޭއްވުނު ފުރަތަމަ މުބާރާތެވެ.

'ހައިކޮމިޝަނާސް ކަޕް' އަކީ 2025 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުޅިވަރު މުބާރާތެކެވެ. މި ސިލްސިލާގެ ފުރަތަމަ މުބާރާތް ކަމަށްވާ 'ބެޑްމިންޓަން އެޑިޝަން' ބޭއްވުނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ހައިކޮމިޝަނުން ރާވާފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް މި ސިލްސިލާގެ ދަށުން ތަފާތު ކުޅިވަރު މުބާރާތްތައް މެލޭޝިޔާގައި ބޭއްވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރު ބޭއްވުނު ސްޓްރީޓް ސޮކަރ މުބާރާތުގައި މެލޭޝިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާކުދިން ބައިވެރިވެފައިވެއެވެ. ޖުމްލަ 9 ޓީމަކުން ބައިވެރިވި މި މުބާރާތުގައި 40 މެޗު ކުޅެފައިވާ އިރު، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީގެ ފަރާތުން މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވިދާޅުވީ، "ކުޅިވަރަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅުން ބަދަހިކޮށް، އެކުވެރިކަން ދަމަހައްޓަން ލިބޭ ރަނގަޅު ފުރުސަތެއް" ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ކޮމިއުނިޓީގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދިގެން ދިއުމަކީ އުންމީދެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

WhatsApp Image 2026-05-18 at 07.36.11.jpeg

މި މުބާރާތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެހީތެރިކަން ލިބިފައިވާ އިރު، ރާއްޖޭގެ ބައެއް ހެޔޮއެދޭ ފަރާތްތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން މެލޭޝިޔާގެ ސަންވޭ މެޑިކަލް ސެންޓަރުން ވަނީ މުބާރާތް ކުރިއަށްދިޔަ ވަގުތު ޕެރަމެޑިކްސް އަދި އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް ތައްޓާއި އިނާމު ބަހައިދެއްވީ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދާއި ހައިކޮމިޝަނުގެ މުވައްޒަފުންނެވެ. ސަފީރުގެ ވާހަކަފުޅުގައި ކުޅިވަރުގެ މައިދާނުގައި ވެސް ދިވެހިންގެ ރީތި އާދަކާދަ ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވައިފިކުޅިވަރު | ގަޑިއިރެއް ކުރިން