logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ޚިދުމަތުގެ ތަމްރީނާއެކު ޒުވާނެއްގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް؛ މައެއްގެ އިމެއް ނެތް ތައުރީފު ސަރުކާރަށް!

މަރިޔަމް މާޙީ
18 މޭ 2026 - 07:07
ޤައުމީ ޚިދުމަތުގެ ދެވަނަ ބުރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބައިވެރިއަކު އޭނާގެ މަންމައާއެކު--- ފޮޓޯ: އެމްއެމްޑީއެފް
ޤައުމީ ޚިދުމަތުގެ ދެވަނަ ބުރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބައިވެރިއަކު އޭނާގެ މަންމައާއެކު--- ފޮޓޯ: އެމްއެމްޑީއެފް

ކޮންމެ މަންމައަކީ ވެސް ދަރިފުޅުގެ މުސްތަގުބަލާ މެދު ފޮނި އުންމީދުތަކެއް ކުރާނެ މީހެކެވެ. ނަމަވެސް، ދިރިއުޅުމުގެ އޮއިވަރު ހުންނަ ގޮތުން ބައެއް ފަހަރު ދަރިންގެ މިސްރާބު ހުންނަނީ މައިންބަފައިން އެދޭ ފަދަ ހަރުދަނާ ގޮތަކަށް ނޫނެވެ. ދާދިފަހުން ސިފައިންގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި ޒުވާނެއްގެ މަންމަ ހިއްސާކުރި އަސަރުގަދަ ވާހަކަތަކުން ހާމަވެގެންދިޔައީ، ގައުމީ ޚިދުމަތުގެ ސަބަބުން ޒުވާނެއްގެ ޝަޚުސިއްޔަތަށް އައި ހައިރާންކުރުވަނިވި ބަދަލެވެ.

އެ މަންމަ ކިޔައިދިން ގޮތުގައި، އޭނާގެ ދަރިފުޅަކީ ސާނަވީ ތައުލީމު ނިންމުމަށްފަހު، ކުރިއަށްދާނެ ވަކި މިސްރާބެއް ނެތި، ގިނަ ވަގުތު ގޭގައި ބޭކާރު ގޮތުގައި ހޭދަކުރަމުންދިޔަ ކުއްޖެކެވެ. މުސްތަގުބަލާ މެދު ވަކި ގޮތެއް ނުނިމި، ޒިންމާ ނަގަން ފަސްޖެހިފައި ހުރި އެ ދަރިފުޅު މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވީ އާއިލާގެ ވަރަށް ބޮޑު ބާރުއެޅުމަކާއެކުގައެވެ. ނަމަވެސް، އެ ނިންމުމުގެ ސަބަބުން ފެނިގެންދިޔަ ނަތީޖާއަކީ މުޅި އާއިލާ އާޝޯޚުކޮށްލި ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަމްރީނު ފެށިތާ މަދު ހަފުތާކޮޅެއްގެ ތެރޭގައި ކުރި ފުރަތަމަ ފޯނު ކޯލުން ވެސް ބަދަލު އިހުސާސްވި ކަމަށް މަންމަ ފާހަގަކުރިއެވެ. ކުރިން މުއާމަލާތު ކުރުމުގައި އުނދަގޫތަކެއް ހުރި ކުއްޖާ، މިއަދު ވާހަކަދައްކަނީ ސާފު ބަހުރުވައިން، އަމިއްލަ ނަފްސަށް އޮތް އިތުބާރާއެކުގައެވެ. އާއިލާގެ ކޮންމެ މެންބަރެއްގެ ހާލު ވަކިވަކިން އޮޅުންފިލުވައި، ޝުކުރުވެރިކަން ފާޅުކުރަމުން ދިޔައިރު، އޭނާގެ ކިބައިން ފެނުނު ހަރުދަނާކަމަކީ މައިންބަފައިންގެ ހިތަށް ލިބުނު ބޮޑު ތަސައްލީއެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، މި ބަދަލުތައް އިތުރަށް ސާފުވަމުން ދިޔައެވެ. އަމިއްލަ ކަންކަން އަމިއްލައަށް ބެލެހެއްޓުމާއި، އަދަބު އަޚުލާގު ހިފެހެއްޓުމާއި، ގޭގެ އަރާމު މާހައުލާ މުޅިން ތަފާތު ހަރުކަށި ނިޒާމަކަށް އޭނާ ވަނީ ފުރިހަމައަށް ހޭނިފައެވެ. މީގެ އިތުރުން، އޭނާގެ ކިބައިގައި ނަފްސާނީ ވަރުގަދަކަމާއި، ހޭލުންތެރިކަން އިތުރުވެ، ދިރިއުޅުމުގައި ސާފު މަގްސަދެއް އޮތްކަން ހާމަވާން ފެށިއެވެ.

އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ފެނުނީ އޭނާގެ އަޚުލާގަށެވެ. އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވެފައި ހުރި ކުއްޖެއްގެ ބަދަލުގައި، މިއަދު އޭނާއަކީ ކަންކަމުގައި އިސްނަގައި، ހަގު ކޮއްކޮމެންނަށް ނަމޫނާ ދައްކާ، އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރާ ޒިންމާދާރު ޒުވާނެކެވެ. އޭނާގެ ކިބައިން ފެންނަ ހަމަޖެހުމާއި، ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވުމަކީ ހަގީގީ ފިރިހެންވަންތަ ހަރުދަނާކަމުގެ ނިޝާނެއް ކަމަށް މަންމަ ސިފަކުރިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުންނާއި، މުދައްރިބުންގެ ފަރާތުން ލިބުނު އިރުޝާދުގެ ސަބަބުން، އޭނާއަކީ އަދަބުވެރި، ކެތްތެރި، އަދި ވަރުގަދަ އަޒުމެއްގެ ވެރިއަކަށް ވަނީ ބަދަލުވެފައެވެ.

މި ޕްރޮގްރާމް އިންތިޒާމުކޮށް ހިންގި ފަރާތްތަކަށް އެ މަންމަ ވަނީ އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އެއީ އޭނާގެ ދަރިފުޅަށް ދިރިއުޅުމުގެ ސައްހަ މިސްރާބާއި، ހަރުދަނާ އުސޫލުތައް އުނގަންނައިދިނުމުގެ ސަބަބުންނެވެ. އެ މަންމަގެ މި ވާހަކަތަކުން ދޭހަވަނީ، ދަރިފުޅުގެ މުސްތަގުބަލާ މެދު ކުރިން އޮތް ބިރުވެރިކަން ފިލައި، މިއަދު އޭނާގެ ކިބައިން ފެންނަ ހަރުދަނާކަމާމެދު ކުރެވޭ ފަޚުރުވެރި އިހުސާސްތަކެވެ.

މިއީ ހަގީގަތުގައި ވެސް ގައުމީ ޚިދުމަތުގެ ސަބަބުން ދިވެހި ޒުވާނުންނަށް އަގުނުކުރެވޭ ފަދަ މަންފާތަކެއް ލިބިދޭކަމުގެ ދަލީލެކެވެ. މީގެ ތިން މަސް ކުރިން ގެއިން ނިކުމެގެން ދިޔަ ޒުވާނާ މިއަދު އެނބުރި އެއައީ، އޭނާގެ ޝަޚުޞިއްޔަތު ބިނާވެ، މުޅިން ތަފާތު ހަރުދަނާ ސިފަތަކެއް ލިބިފައިވާ ނަމޫނާ ޒުވާނެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ޚިދުމަތުގެ ތަމްރީނާއެކު ޒުވާނެއްގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް؛ މައެއްގެ އިމެއް ނެތް ތައުރީފު ސަރުކާރަށް!ޚަބަރު | 2 ގަޑިއިރު ކުރިންދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ފާރޫޤް އަޙްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 19 ގަޑިއިރު ކުރިންވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ދަސްވެނިވެ، 344 ޒުވާނުން ގައުމީ ހިދުމަތަށް ނިކުމެއްޖެޚަބަރު | 21 ގަޑިއިރު ކުރިން