logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ސްކޫލުތަކުގައި އޭލެވެލް ކިޔަވަން ހުޅުވާލައިފި

ސަރުކާރު ސްކޫލުތަކުގައި އޭލެވެލް ކިޔަވަން ހުޅުވާލައިފި

ސަރުކާރު ސްކޫލުތަކުގައި އޭލެވެލްއަށް ކިޔެވުމު ފުރުސަތު ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ޖޫން އިންޓޭކްގައި އޭލެވެލްއަށް ކިޔަވަން ޝައުގުވެރިވާ ދަރިވަރުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރު ސުކޫލްތަކުގައި އޭލެވެލްއަށް ކިޔެވުމަށް އެޑްމިޝަން ލިބޭނީ، މިދިޔަ އަހަރުގެ ނިޔަލަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. މި އުމުރު ހަމަވިނަމަވެސް މަދަރުސީ ނިޒާމުގެ ތެރެއިން ގްރޭޑް 10 ނިންމާ، ގްރޭޑް 11އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 11 އަށް ކިޔަވަން ފެށުމުގެ އެޑްމިޝަން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ގްރޭޑް 11އަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންނަށްވެސް އޭލެވެލްގައި ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ.

އޭލެވެލް ނުވަތަ މަތީ ޘާނަވީއަށް އެޑްމިޝަން ދިނުމުގެ އެކަޑަމިކް ޝަރުތުތަކުގައި އެސް.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް، އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު، އަދި ބީޓެކްގެ ނަތީޖާއަށް ބަލާނެއެވެ. މިގޮތުން 3 މާއްދާއިން ފެށިގެން 5 މާއްދާއާހަމައަށް ފާސްވާ ދަރިވަރުންނަށް އޭލެވެލްގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާން ހަދާ ދަރިވަރިން ސާނަވީ ނިންމާ އިމްތިހާނުތަކުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ދަރިވަރުންނަށްވެސް އޭލެވެލްގައި ބައިވެރިވެވޭނެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ ދަރިވަރުގެ އެޕްލިކޭޝަން ހުށަހަޅާފައިވާ ސްކޫލުން ދަރިވަރުގެ ޖާގައާއި ބެހޭ މައުލޫމާތު މިމަހުގެ 25 އިން ފެށިގެން ބެލެނިވެރިންނާ ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރު ރަޖިސްޓްރީ ކުރުމާއި ގުޅޭ މައުލޫމާތު ބެލެނިވެރިޔާގެ އީމެއިލްއަށް ފޮނުވާނެއެވެ.

މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ ޕައިލެޓް ޕްރޮގްރާމްއެއް ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ސްކޫލުތަކުގައި އޭލެވެލް ކިޔަވަން ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިން