logo
Bank of Maldives

Bank of Maldives

ޚަބަރު

ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލި ނަމަވެސް މާދަމާ އިތުރު ޑައިވެއްކުރާނެ: ޑޭން

ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލި ނަމަވެސް މާދަމާ އިތުރު ޑައިވެއްކުރާނެ: ޑޭން

ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލި ނަމަވެސް މާދަމާ އިތުރު ޑައިވެއްކުރާނެ ކަމަށް ތަޖުރިބާކާރު ޑައިވަރުންގެ ނެޓްވޯކް ޑޭން ޔޫރަޕުން ބުނެފިއެވެ.

ޑޭންގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ވަނީ ވ. އަތޮޅުގެ "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދައި، އެ މީހުންގެ ހަށިގަނޑުތައް ކަނޑުން މައްޗަށް ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މީހުން އިތުރު ޑައިވްއެއް ކުރަން ނިންމާފައި ވަނީ އެ ހޮހޮޅައިގެ ޗާޓް ކުރެހުމާއި، އެ ތަނުގައި އިންސާނުން ބޭނުންކުރި އެއްވެސް އާލާތެއް ހުރިތޯ ބެލުމާއި އަދި އޮޕަރޭޝަންގައި ގެންގުޅުނު ބައެއް ތަކެތި ނެގުމަށެވެ.

ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީވިލާތުގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.

އިޓަލީގެ އިންސްޓްރަކްޓަރު ހޮހޮޅަ ފެށޭ ހިސާބުން ކަހަލަ ގޮތަކަށް ފެނިފައިވާ އިރު، ބާކީ ތިބި ހަތަރު މީހުން ފެނިފައި ވަނީ ހޮހޮޅައިގެ އެންމެ އަޑިންނެވެ. އެ މީހުން މިހާރު ވަނީ ނަގައިފައެވެ.

މި ހާދިސާގައި މަރުވި އިޓަލީ ރައްޔިތުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތުގައި ބައިވެރިވީ އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާއެކު ފިންލޭންޑްގެ ތިން ޑައިވަރުންނެވެ.

އޮޕަރޭޝަންގައި ފަހުން ފަހުން އިސްކޮށް ހަރަކާތްތެރިވި ޑޭންއިން ބުނީ މިއަދު ހެނދުނު މޫސުން ތަންދިނުމުގެ ސަބަބުން، މައްސަލައެއް ނެތި ރިކަވަރީ ޑައިވް ކުރިއަށް ގެންދެވުނު ކަމަށެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންގައި ހަށިތައް ނެގުމާއި، މަސައްކަތުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން މުޅި ސަރަހައްދު ފެންނާނެހެން ލިޔެކިޔުންތައް ތައްޔާރުކުރުން ވެސް ކުރިއަށް ގެންދިޔަ ކަމަށް ޑޭން ޔޫރަޕުން ބުނެފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޒަމާނީ ޓެކްނިކަލް ޑައިވިން ސިސްޓަމްތައް ބޭނުންކޮށްގެނެވެ. އޭގެ ތެރޭގައި ހިމެނެނީ ކްލޯޒްޑް-ސާކިޓް ރީބްރީދާސް، ހައި-ޕާފޯމަންސް ޑީޕީވީ ޑައިވަރުން ދުއްވާ އުޅަނދުތައް އަދި ރެޑަންޑަންޓް ލައިފް-ސަޕޯޓް (އިތުރު ރައްކާތެރިކަމުގެ ނިޒާމުތައް ހިމެނޭ) ކޮންފިގަރޭޝަންތަކެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ފުން ހޮހަޅައިގެ މާހައުލުގެ ތެރެއަށް ވަދެ ގިނަ ވަގުތު ރައްކާތެރިކަމާ އެކު ފީނުމުގެ ފުރުސަތު ޑައިވަރުންނަށް ލިބިގެން ދިޔަ ކަމަށް ވެސް ޑޭންއިން ބުންޏެވެ.

ރީބްރީދާއަކީ ނޭވާލާފައި ބޭރުކުރާ ގޭސް އަލުން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ކްލޯޒްޑް-ސާކިޓް ޑައިވިން ނިޒާމެކެވެ. އެއީ ކެމިކަލް ސްކްރަބާއެއް މެދުވެރިކޮށް ކާބަންޑައިއޮކްސައިޑް ވަކިކޮށް، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އޮޓޮމެޓިކުން ބަދަލުކޮށްދޭ ނިޒާމެކެވެ. މީގެ ސަބަބުން ދިގު ޑައިވްތައް ކުރެވުމާއި، ބަބުލް އުފެދުން މަދުވުމާއި، ގޭސް ބޭނުންކުރެވޭ މިންވަރު ދަށްވެގެންދެއެވެ. މިއީ މިފަދަ ރިކަވަރީ އޮޕަރޭޝަންތަކަށް ބޭނުންތެރި ވަސީލަތްތަކެވެ.

ފިންލެންޑްގެ ތިން ޑައިވަރުންގެ ތެރެއިން ދެ ޑައިވަރުންނާ ހަވާލުކުރީ ހަށިގަނޑުތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް މައްޗަށް ނެގުމަށެވެ. އެމީހުންނަށް ދިމާވި ގޮންޖެހުމަކީ ހަށިގަނޑުތައް އެއްޗެހީގައި އޮޅި ތާށިވެދާނެ ކަމުގެ ބިރާއި އެ ސަރަހައްދުގެ ފެނުން ދަށްވުމެވެ. ތިން ވަނަ ޑައިވަރުގެ މަސައްކަތަކަށްވީ ދެން ތިބި ފިންލެންޑްގެ ޑައިވަރުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދީ، ކަނޑައެޅިފައިވާ އުސޫލުތަކާއި ރިކަވަރީ އޮޕަރޭޝަންތަކުގައި އާންމުކޮށް ގެންގުޅޭ އެންމެ ރަނގަޅު ޕްރެކްޓިސްތަކާ އެއްގޮތަށް މަސައްކަތް ކުރުވުމެވެ.

ޑޭން އިން ބުނެފައިވަނީ ހަށިގަނޑުތައް ނެގި ނަމަވެސް މިޝަންގެ އެންމެ ފަހު ޑައިވް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ. މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި ބޭނުންކުރި އާލާތްތައް ނަގައި، އެ ތަނުގެ ގުދުރަތީ މާހައުލު އިއާދަކުރުމުގެ މަސައްކަތް ކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލި ނަމަވެސް މާދަމާ އިތުރު ޑައިވެއްކުރާނެ: ޑޭން ޚަބަރު | 2 ގަޑިއިރު ކުރިން