logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިންމައިފި

އައިޝަތު ނަޝާ
21 މޭ 2026 - 04:46
ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިންމައިފި

މިއަހަރުގެ އަޟްޙާ ޢީދު ނަމާދުވެސް މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މީގެއިތުރުން 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގައި މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަޟްޙާ ޢީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.

މި ތަންތަނުގައި ބޮޑު ޖަމާޢަތުގައި ނަމާދުު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް

- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޔޫސުފުލް ބަރުބަރީ
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މާފަންނު އާ މިސްކިތް

ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް

- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ
- މަސްޖިދު ރަޝީދު
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދު އަޞްދީޤާ
- މަސްޖިދުލްވާލިދައިނި
- މަސްޖިދުލް ޙަސަން އާދަމް
- މަސްޖިދު އުޘްމާން ބިން ޢައްފާން

ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ބޮޑު ޖަމާޢާތުގައި ޢީދު ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރެއެވެ. ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިންމައިފިޚަބަރު | ގަޑިއިރެއް ކުރިންއިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްޚަބަރު | 2 މަސް ކުރިންޒިކުރާ މިސްކިތް ބިމުގައި ޒަމާނީ ރީތި މިސްކިތެއްޚަބަރު | 2 މަސް ކުރިން