logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފި

މަރިޔަމް މާޙީ
23 މޭ 2026 - 10:17
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން ތަމްރީނު ފުރިހަމަކޮށް، މިއަދު ދަސްވެނިވެއްޖެއެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުރިހާ ދަސްވެނިންނަށް މަރުޙަބާ ކިޔައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް މިއަދު ދަސްވެނިވި 63 ޒުވާނުންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާ ކަމަށެވެ. މީގެ އިތުރުން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކުރެއްވި އެންމެހާ މުދައްބިރުންނަށާއި، އެމް.އެން.ޑީ.އެފް އަދި ޑިފެންސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށްވެސް ރައީސް ވަނީ ޝުކުރާއި މަރުޙަބާ އަދާކުރައްވާފައެވެ.

މިއަދު ދަސްވެނިވި ޒުވާނުންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، އެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މިއަދު ދަސްވެނިވި ދަރިވަރުންނަކީ 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ތެރެއިން، ފަންނީ ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ.

4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ހިންގާފައިވަނީ 15 ޖެނުއަރީ 2026 އިން ފެށިގެން އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.

ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމެވެ. އެގޮތުން މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު، 1 ޖޫން 2026 ގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | ގަޑިއިރެއް ކުރިންގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންއާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 20 ގަޑިއިރު ކުރިންމަރްޙޫމް އަލީ ޒުބައިރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިން