މިހާތަނަށް ހިމަބިހީގެ 9 ކޭސް ރިޕޯޓްކޮށްފި
26 މޭ 2026 - 12:20
.webp&w=1920&q=75)
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 9 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މިމަހުގެ ތެރޭގައި މާލޭ ސަރަޙައްދުން 6 މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެތެރެއިން 5 ކޭހެއް އިންވެސްޓިގޭޓް ކުރަމުންދާ ކަމަށާއި، މިކޭސްތަކާއި ގުޅުންހުރި 128 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ.

Ad by Hajj Corporation
ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ:
° ހުން އައުން
° ހަމުގައި ރަތް ބިހިތަކެއް ނެގުން
° ކެއްސުން
° ނޭފަތުން އަރިދަފުސް ފޭބުން
° ލޯ ރަތްވުން
އެޗްޕީއޭ އިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކުރައްވާ ޞިއްޙީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން ދާއިރު މާސްކުއަޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


