logo
Bank of Maldives

Bank of Maldives

ޚަބަރު

އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ: މިނިސްޓަރު ޝަހީމް

އައިޝަތު އިނާޝާ
29 މޭ 2026 - 06:40
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް

ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އަޟްޙާ އީދު ފާހަގަކުރަމުންދާއިރު، މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖުގެ އަޅުކަމާއި ގުޅިގެން، އަދި ޙައްޖުގެ އަޅުކަން މުޅިން ނުނިމެނީސް، މަޝާޢިރުތަކުގައި ޙައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާއިރު، އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރު އަޑު އިވެމުންދާ ހިނދު، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ: މިނިސްޓަރު ޝަހީމް

މިނިސްޓަރު ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ ކަމަށެވެ.

ޢީދުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވެސް ވަނީ  އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން  ޢީދު ޚުތުބާގައި ވެެސް ވަނީ ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމުން ދުރުހެލިވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲ އަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރަން ޖެހޭނެ ކަމަށެވެ. އަދި ޢީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ: މިނިސްޓަރު ޝަހީމްޚަބަރު | 8 ގަޑިއިރު ކުރިން