ޑައިވިން ހާދިސާ ހިނގި ހޮހަޅައިގެ ވީޑިއޯއެއް އާންމުކޮށްފި!
29 މޭ 2026 - 06:47

އިޓަލީގެ ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގި ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
މި ވީޑިއޯއަކީ "ޑޭން ޔޫރަޕް ފައުންޑޭޝަން" ގެ އެހީތެރިކަމާއެކު ހަށިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުގެ ޑައިވަރުން ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ޑައިވަރުން ހޮހޮޅައިގެ ތެރޭގައި ފީނާ މަންޒަރުގެ އިތުރުން އަޑުތައް ވެސް އިވިގެންދެއެވެ.

Ad by Hajj Corporation
މި އޮޕަރޭޝަންގެ ތެރެއިން ނަގާފައިވާ ހޮހޮޅައިގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 6 ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ރެސްކިއު ޑައިވަރުން ހޮހޯޅައިގެ ތެރެއަށް ވަންނަ މަންޒަރާއި ހޮހޮޅަ ފެނިގެންދެއެވެ.
ފޮޓޯތައް އާންމު ކުރިތާ ހަ ދުވަސް ފަހުން "ރައިނިއުސް" އިން ވަނީ އެ ހޮހޮޅައިގެ ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.
މި ވީޑިއޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން އިއްޔެ ބުނީ، މަރުވި ޑައިވަރުންގެ ހަށިތައް ފެނުނީ ޗާޓުގައި ނެތް، އަދި ދާން ނުޖެހޭ ފަދަ ފުން ހިސާބަކުން ކަމަށެވެ. ގާތްގަނޑަކަށް 60 މީޓަރު އަޑީގައިވާ މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ވެލިގަނޑުގައި ހުރި ނިޝާންތަކަކުން ކަމަށް އޭނާ ބުންޏެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ހޮހަޅަ ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޯމްގެ ޕްރޮސެކިއުޓާ އޮފީހުން ކުރިއަށްގެންދާ މި ތަހުގީގުގައި، ޔުނިވާސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނޭ އާއި އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޖިއޮޖިއާ ސޮމާކަލްގެ އިތުރުން ރިސާޗަރު މުރިއެލް އޮޑެއިނޯގެ އޮޓޮޕްސީ މިހާރު ވަނީ ނިންމާފައެވެ. މީގެކުރިން ވަނީ ދޯނީގެ ކެޕްޓަން ޖިއަންލޫކާ ބެނެޑެޓީ އާއި ރިސާޗަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އޮޓޮޕްސީ ވެސް ހަދާފައެވެ.
ކޮރޮނާ ލޫކާ ޓަޖާނާގެ ފުރަތަމަ ހައިޕޮތެސިސްތަކަށް ބަލާއިރު، މި ފަސް މީހުންވެސް މަރުވީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުގެ ސަބަބުންނެވެ. ނަމަވެސް، މިކަން ކަށަވަރުކުރުމަށް ހަދާ ހިސްޓޮލޮޖިކަލް ޓެސްޓްތަކުގެ ނަތީޖާ ލިބުމަށް އަދި ހަފްތާތަކެއް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޓަލީގެ ޕްރޮސެކިއުޓަރުން އަންނަނީ މި ދަތުރަކީ ޔުނިވާސިޓީގެ ރަސްމީ ސައިންޓިފިކް މިޝަނެއްތޯ ނުވަތަ އަމިއްލަ ދަތުރެއްތޯ ބެލުމަށް އިތުރު ތަހުގީގުތައް ހިންގަމުންނެވެ. މީގެ އިތުރުން، ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފުޓޭޖްތައް ދިރާސާކޮށް، އެހާ ފުނުގައި އޮތް ނުރައްކާތެރި ހޮހަޅައަކަށް އެމީހުން ވަންނަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މީގެ އިތުރުންވެސް އެމީހުން އެތާގައި ނަގާފައިވާ އިތުރު ފޮޓޯތަކުގެ މައުލޫމާތު އެމީހުން ވަނީ ދީފައެވެ. މިއީ ކިހިނެއް ހިނގި ކަމެއްތޯ އެމީހުން ދަނީ ތަހުޤީްު ކުރަމުންނެވެ.މީގެއިތުރުން ވެސް އެމީހުން ބުނި ގޮތުގައި އެމީހުންނަކީ މީގެ ދުވަސް ކޮޅެއްކުރުން އެހެން ދިމާއަކާށް ދަތުރުތަށް ފަށާފައިވާ ބައެކެވެ.


