logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފި

ޒިދާން މުޙައްމަދު
1 ޖޫން 2026 - 12:03
ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފި

ކ. ވިލިނގިލިން ފުރައިގެން ގިރި ލަންކަންފުށްޓަށް ދަތުރުކުރަމުންދިޔަ "ޓްއަ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، އޭގައި ދަތުރުކުރި ދެ މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އަދި އެ ދެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާއާ ގުޅިގެން މޭޔަރ ޢާޒިމް ވިދާޅުވީ، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި ގިނަ ފަހަރަށް މިފަދަ ބޮޑެތި ގެއްލުންތައް ލިބޭ ހާދިސާތައް ހިނގަން މެދުވެރިވަނީ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ސަމާލުކަން ނުދެވުމުގެ ސަބަބުންކަން މޭޔަރ ޢާޒިމް ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، "މިފަދަ ހިތާމާވެރި ހާދިސާތައް ތަކުރާރުނުވާނެ ގޮތަކަށް، ކަނޑު ދަތުރުކުރާ ހުރިހައި ފަރާތްތަކުން އަމަލުކުރުމަށް ހަނދާންކޮށްދެން" ކަމަށެވެ. ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ އުސޫލުތަކަށް ބޯލެނބުމަކީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު މަގުކަން ޢާޒިމް ފާހަގަކުރެއްވިއެވެ.

މި ހާދިސާގައި އަނިޔާވި ދެ ފަރާތަށް މޭޔަރ ޢާޒިމް ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިން