ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ހުކުރު ދުވަހު ރާއްޖެ އަންނާނެ
2 ޖޫން 2026 - 13:08

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް ހައްޖު މިޝަނުން ހާމަކޮށްފިއެވެ.
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓު މިމަހުގެ 5 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ގަޑިން 14:00 ގައެވެ. މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ. ހައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. ފަހު ފްލައިޓު މިމަހުގެ 9ވަނަ ދުވަހު ރާއްޖެ އަންނައިރު، މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ހަވީރު ދަންވަރު 12:00 ޖަހާއެހައިކަށްހާއިރު ކަމަށް ދިވެހި ހައްޖު މިޝަންއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
ހައްޖު މިޝަނުން ބުނިގޮތުގައި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސައުދިއާ އެއަރލައިންގެ ފްލައިޓާއި، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓުންނެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.


