ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު: ނައިބު ރައީސް


14 އޮކްޓޯބަރު 2024 - 19:18
ވޭޕްކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމެވި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުކަމަށް އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖެއަށް ވޭޕް އެެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.އެ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ވޭޕްކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވުމަކީ ޤައުމުގެ ޒުވާން ޖީލުގެ މުސްތަޤްބަލްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމަކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.
ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުށާއި، އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށެވެ.
އިތުރު ލިޔުންތައް

ސަރުކާރުގެ އިދާރާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރަން ރައީސް އިސްކަމެއް ދެއްވާ: ނައިބް ރައީސް
8 މަސް ކުރިން
ކްލަބް މޯލްޑިވްސްގެ މި ސީޒަން ހުޅުވައިދެއްވާނީ ނައިބު ރައީސް
8 މަސް ކުރިން
މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފުރަތަމަ ރާއްޖެ ސިޔާސަތު: ނައިބް ރައީސް
7 މަސް ކުރިން