logo
Bank of Maldives

Bank of Maldives

ޚަބަރު

އޭދަފުށީ ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2025 - 17:07
އޭދަފުށީ ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އޭދަފުށީ ކަޕް 2025، ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިއްވަރުދެއްވައި، އިރުމަތި އެފް.ސީ. އާއި ވެލާ ސްޕޯރޓްސް ކްލަބް ބައްދަލުކުރި ވާދަވެރި މެޗު ބައްލަވާލައްވާފައެވެ. މި މެޗު ނިމިގެންދިޔައީ 2 – 1 ގެ ނަތީޖާއަކުން ވެލާ ސްޕޯރޓްސް ކްލަބު މެޗު ކާމިޔާބުކޮށް، މި މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްގެންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމުން މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: ނައިބު ރައީސްޚަބަރު | 2 މަސް ކުރިންނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފިޚަބަރު | 2 މަސް ކުރިން