logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

މުޙައްމަދު އަފްރާޙް
15 ފެބްރުއަރީ 2026 - 06:47
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުލުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި، މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ، ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫއާ ދެމެދު ރޭ ކުޅުނު ފައިނަލް މެޗަށް ފަހުގައެވެ. މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

9 ލަނޑު 3 ލަނޑުގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ. ނައިވާދޫ އެވެ. އެ ޓީމަށް، ވާދައިގެ ތައްޓާއި، މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އެމަނިކުފާނު ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖުވެސް ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ، މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވުނު ކުޅުންތެރިންނާއި ޓީމްތަކަށް ޓްރޮފީ ހަވާލުކުރައްވާފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަށް އުފެއްދުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭގޮތަށް، ހުޅުވާލައިގެން ފެށި ފުޓްސަލް މުބާރާތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 4 މަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 4 މަސް ކުރިންފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމުން މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: ނައިބު ރައީސްޚަބަރު | 4 މަސް ކުރިންނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފިޚަބަރު | 5 މަސް ކުރިން