logo
Bank of Maldives

Bank of Maldives

ޚަބަރު

ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށް

އާމިނަތު ޝަފާ
8 ޖުލައި 2025 - 06:07
ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށް

ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަޠީފް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނީޝަން ފޯރަމްގައި ބައިވެރިވެ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ. އަދި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާއެކު ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ޙަޟާރަތްތަކާ ބެހޭ 11 ވަނަ ނިޝާން ފޯރަމް، ޖުލައި މަހުގެ 9 އަދި 10 ގައި އިރުމަތީ ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ކުއުފޫ ސިޓީގައި ބޭއްވުމަށްވަނީ ހަމަޖެހިފައިވާއިރު މި ފަހަރުގެ ފޯރަމްގައި ޙަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތްތަނުގައި ކުރިއަރާ ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި 800 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއި ޢިލްމުވެރިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމުން މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: ނައިބު ރައީސްޚަބަރު | 2 ދުވަސް ކުރިންނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފިޚަބަރު | 13 ދުވަސް ކުރިން'ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިވިކުޅިވަރު | 13 ދުވަސް ކުރިންސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކުގައި އެހީތެރިކަމެއް ދެވޭނީ ރައްޔިތުންނާ ގުޅުން ހުރި ފަރާތަކަށް: ނައިބުރައީސްޚަބަރު | 17 ދުވަސް ކުރިން