logo
Bank of Maldives

Bank of Maldives

ވިޔަފާރި

"މާލެ ޓެކްސީ"ގެ އެޕް ޕްލޭސްޓޯރަށްވެސް ތައާރަފުކޮށްފި

ޒިދާން މުޙައްމަދު
5 ޖޫން 2026 - 11:11
"މާލެ ޓެކްސީ"ގެ އެޕް ޕްލޭސްޓޯރަށްވެސް ތައާރަފުކޮށްފި

އެންޑްރޮއިޑް ފޯންތަކަށް އެޅޭ "މާލެ ޓެކްސީ ލައިން"ގެ މޯބައިލް އެޕް ގޫގުލް ޕްލޭ ސްޓޯރަށްވެސް ތައާރަފުކޮށްފިއެވެ.

އެމްޓީސީސީން ފުރަތަަމަ މި އެޕް ތަޢާރަފް ކޮށްފައިވަނީ އެޕަލްގެ އެޕްސްޓޯރަށެވެ. ނަމަވެސް މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މިޚިދުމަތް ހޯދޭނެ އިންތިޒާމު މިވަނީ ހަމަޖައްސަވާފައެވެ.

މި އެޕްލިކޭޝަނަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ. އެމްޓީސީސީން ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ރައްޔިތުން ނަށް ފަސޭހަ ކަމާއެކު ޓެކްސީގެ ޚިދުމަތަށް މިހާރު އެދިލެވޭނެއެވެ.

މި އެޕް މެދުވެރިކޮށް ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި، ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިންނެވެ. އަދި ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.

ގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެކެވެ. މީގެ ބޭނުމަކީ ރައްކާތެރި، އިތުބާރު ހުރި އަދި ތިމާވެށްޓަށް ގެއްލުން ކުޑަ ދަތުރުފަތުރުގެ ނިޒާމެއް މާލެ ސަރަހައްދުގައި ގާއިމުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މާލެ ޓެކްސީ"ގެ އެޕް ޕްލޭސްޓޯރަށްވެސް ތައާރަފުކޮށްފިވިޔަފާރި | 2 ގަޑިއިރު ކުރިން