ބަންގްލަދޭޝްގެ ކުޅުންތެރިން ރެފްރީއަށާއި ދިވެހި ކުޅުންތެރިންނަށް ހަމަލާ ދީފި
އައިޝަތު ނަޝާ
7 ޖޫން 2026 - 18:18

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިން ރެފްރީއަށާއި ދިވެހި ކުޅުންތެރިންނަށް މިރޭ ހަމަލާ ދީފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗު 1-1 އިން ވަނީ ނިމިފައެވެ.

Ad by Hajj Corporation
މި މެޗު ބަންގްލަދޭޝް ކާމިޔާބުކޮށްގެން މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، މެޗު އެއްވަރުވުމާ ގުޅިގެން ފައިނަލަށް ދިޔައީ އަފްޣާނިސްތާނެވެ. ރާއްޖެ އޮތީ މުބާރާތުން ކަޓައިފައެވެ.


