logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމު އެއްކޮށް ބަދަލުކޮށްލި ވެރިއަކީ ރައީސް މުއިއްޒު: ނާޒިމް

އައިޝަތު ނަޝާ
10 ޖޫން 2026 - 05:52
އަބްދުﷲ ނާޒިމް އިބްރާހީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.
އަބްދުﷲ ނާޒިމް އިބްރާހީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު މި ޤައުމު އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމާއި، އެ ހާލަތުން އަރައިގަނެ ޤައުމު ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ނާޒިމް މިފަދައިން ވިދާޅުވީ ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޕާޓީގެ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުންނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމު އިސްކުރުމުގައި ނަމޫނާ ދައްކަވަމުންގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް އިސްކުރާނީ ޤައުމު ކަމަށާއި، ޤައުމަށް ދިމާވި ޙާލަތްތަކުގައި މެންބަރުން ތިބީ އަބަދުވެސް ޤައުމު އިސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޤައުމާ ޙަވާލުވެވަޑައިގެންނެވިއިރު އޮތް ޙާލަތު ތަފްސީލުކޮށްދެއްވަމުން ނާޒިމް ވިދާޅުވީ، އޭރު ޞިއްޙީ ވަޒީރު އޮފީހަށް ވަޑައިގެންނެވިއިރު އޮތީ ވެންޓިލޭޓަރުތަކުގެ ވައްކަމުގެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މަސްވެރިކަމާ ބެހޭ ވަޒީރު އެ ވުޒާރާއާ ޙަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ނުދީ އެތައް މިލިއަން ފައިސާއެއް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މަސްވެރި އާއިލާތައް ތިބީ ބިކަވެފައިކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މާލީ ވަޒީރު އޮފީހަށް ވަޑައިގެންނެވިއިރު ޤައުމު އޮތް ދަރަނީގެ ހާލަތާއި ބިލްތަކަށް ހުރީ ފައިސާ ނުދެއްކިކަމަށް ވަޒީރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު ވިސްނަންވީ އޭރު އޮތް ހާލަތާއި މިހާރު ހާލަތު ކަމަށާއި،އެ ހާލަތުން އަރައިގަނެ ޤައުމު ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށްށެވެ.އަދި މިދިޔަ ދުވަސްތަކުގައި ކާމިޔާބީއާއި ނާކާމިޔާބީގެ ރަހަ ޕީއެންސީން ދެކުނީ ޤައުމު އިސްކުރާ ޙާލުގައި ކަމަށާއި، އެކަން ރައީސުލްޖުމްހޫރިއްޔާ ނަމޫނާ ދައްކަވާކަން ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ނާޒިމް ވިދާޅުވީ އަސާސީ ތަރައްޤީގެ އެންމެހާ ކަންކަމަކީ ކޮންމެ ޤައުމެއްގައިވެސް އަބަދުވެސް ދެމުންގެންދާ ޚިދުމަތެއް ކަމަށެވެ. އެކަންކަން ކުރަންޖެހެނީ ޓައިމްލައިން ހަދައިގެން ތަރުތީބެއްގެ މަތީން ކަމަށާއި، މި ސަރުކާރުން އެކަން އެގޮތަށް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމު އެއްކޮށް ބަދަލުކޮށްލި ވެރިއަކީ ރައީސް މުއިއްޒު: ނާޒިމްޚަބަރު | 2 ގަޑިއިރު ކުރިން