logo
Bank of Maldives

Bank of Maldives

ޚަބަރު

ޖީ.ޕީ.އީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފި

އައިޝަތު އިނާޝާ
10 ޖޫން 2026 - 09:07
ޖީ.ޕީ.އީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފި

ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލްކަން ލިބިފައިވާ، ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، 200,000 އެމެރިކާ ޑޮލަރު (3,084,000 ރުފިޔާ) ގެ ހިލޭއެހީ ރާއްޖެއަށް ދިނުމަށް ފާސްކޮށްފިއެވެ.

މިއީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ އިސް އެއް ޖަމްޢިއްޔާ ކަމަށްވާ "ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން" (ޖީ.ޕީ.އީ) އިން ދޫކުރައްވައިފައިވާ ގްރާންޓެކެވެ. ޖީ.ޕީ.އީގެ "ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް" (ސެސީ) ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދެއްވި މި ގްރާންޓްގެ މަޝްރޫޢު ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބެލުމުގެ ދަށުން ޔުނެސްކޯ އަދި "ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާ"ގެ އެއްބާރުލުމާއެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2027 މެއި މަހުގެ ގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ސެސީ" މަޝްރޫޢުގައި މައިގަނޑު ހަތަރު ދާއިރާއަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން؛

1. މޫސުމާ ގުޅޭ ކަންކަމަށް ޚަރަދުކުރުމަށް މާލީ އެހީ ހޯދުން: މޫސުމާ ގުޅޭ ކަންކަމަށް ޚަރަދުކުރާ ބައިނަލްއަޤްވާމީ ފަންޑުތަކުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ ޤާބިލުކަން އިތުރުކުރުން.

2. ޤައުމީ މަންހަޖުގައި މޫސުމާބެހޭ ބައިތައް ހިމެނުމާއި މުދައްރިސުން ތަމްރީނުކުރުން: ސްކޫލްތަކުގައި ކިޔަވައިދޭ މަންހަޖުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ ބައިތައް ހިމަނައި، މުދައްރިސުންނަށް ބޭނުންވާ ޚާއްސަ ތަމްރީނު ދިނުން.

3. ސްކޫލްތަކުގެ އުމުރާނީ ވަސީލަތްތައް ވަރުގަދަކުރުން: ދިވެހިރާއްޖެއަށް އާންމުކޮށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް ސްކޫލްތައް ފަރުމާކުރުމާއި، ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ހާލަތު ބަލައި އޮޑިޓްކުރުން.

4. މޫސުމީ ބަދަލުތަކާއި މައުލޫމާތު ބަލަހައްޓާ ނިޒާމު: މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ އެހީގައި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް، ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިކުރުމާއެކު ތައުލީމީ ދާއިރާގެ މައުލޫމާތު ބަލަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކުރުން.

ޖީ.ޕީ.އީ އަކީ ދިވެހިރާއްޖެ ފަދަ ގައުމުތަކުގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކުރުމާއި ދާއިރާގެ ކުރިއެރުމުގައި މުހިންމު ހިއްސާދާރެކެވެ. ޖީ.ޕީ.އީގެ ހިލޭއެހީގެ ދަށުން "ތަޢުލީމަށް އިންގިލާބީ ބަދަލު" (ތައިބަ)ގެ ނަމުގައި މަޝްރޫޢެއް މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި ޖީޕީ.އީގެ އެހީއާއިއެކު މިހާރުވެސް ކުރިޔަށްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖީ.ޕީ.އީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން