logo
Bank of Maldives

Bank of Maldives

ޚަބަރު

އިންތިޚާބީ މެންބަރު ހުވާކުރުން ހޯމަ ދުވަހު

ޒިދާން މުޙައްމަދު
10 ޖޫން 2026 - 16:26
އިންތިޚާބީ މެންބަރު ހުވާކުރުން ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) ހުވާ ކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ސޯދިގަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އަބްދުﷲ ސޯދިގު ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލިސްކުރާ ގޭގަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު އޮތް ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސޯދިގުއަށް 1375 ވޯޓު ލިބުނެވެ.

ސޯދިގުއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓުް އަހުމަދު ސައީދަށް ލިބުނީ 1313 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހަށްް އޭނާ އިންތިހާބުވުމުން މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް އިތުރުވާނެ އެވެ.

ސީޯދިގު ވަނީ އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ތިން ދައުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންތިޚާބީ މެންބަރު ހުވާކުރުން ހޯމަ ދުވަހުޚަބަރު | 2 ގަޑިއިރު ކުރިން