logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ އިން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް ހަދިޔާކޮށްފި

އައިޝަތު އިނާޝާ
12 ޖޫން 2026 - 05:29
އިންޑިއާ އިން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފިއެވެ.

މީގެތެރޭގައި އެމް.އާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާ ސާމާނު ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށްޓަކައި މި މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ހިޒް އެކްސެލެންސީ ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީއެވެ.

ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިނިސްޓަރ ގީލާ އަލީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ އިން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް ހަދިޔާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން