އެޕްލިކޭޝަން ހުށަހަޅާއިރު، އެންސްޕާ ކާޑުގެ ކޮޕީއާނުލާވެސް ހުށައެޅޭނެ
14 ޖޫން 2026 - 05:59

ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ކުރިމަތިލާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކުގެ ބަދަލުގައި އެންސްޕާ ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާ އެޕްލިކޭޝަން ހުށަހަޅާނަމަ، ބެލެނިވެރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް އިތުރު އިދާރީ ލިޔެކިޔުންތައް ހޯދުމުގެ ތަކްލީފެއް ނެތި، ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ކުރިން މިފަދަ އެޕްލިކޭޝަންތައް ހުށަހަޅާއިރު، އެންސްޕާގައި ބެލެނިވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

Ad by Hajj Corporation
ނަމަވެސް، މިހާރު ގެނައި ބަދަލާއެކު، އެފަދަ ލިޔުމެއް އެޕްލިކޭޝަނާއެކު ހުށަނޭޅި ނަމަވެސް އެޕްލިކޭޝަން ބަލައިގަންނާނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ހިމެނޭ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު ހޯމަ ދުވަހުގެ ރޭ 11:59އެއްގައި ހަމަވާނެއެވެ.


