ޖަޕާނާއެކު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
16 ޖޫން 2026 - 06:17

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށްދިޔައީ ދިވެހިރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

Ad by Hajj Corporation
މި ބައްދަލުވުމާ ގުޅޭގޮތުން މަހުލޫފު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީގައި ޒަމާންވީ ގާތް ބައިވެރިއެއް ކަމަށާއި ޓެކްނިކަލް ދާއިރާއިންނާއި ކެޕޭސިޓީ އިތުރުކުރުމާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރެއްވިއެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރުވާއިރު ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މަހުލޫފް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ޖަޕާނުން ދިގު މުއްދަތަކަށް ދެމުންދާ އެއްބާރުލުމާއި، އަދި އެގައުމަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ.


