logo
MPL

MPL

ކުޅިވަރު

އެމްބާއްޕޭގެ ރީތި ދެ ގޯލާއެކު ފްރާންސް ވޯލްޑްކަޕް ފެށުން ވަރުގަދަކޮށްފި

އަބްދުﷲ ޣާނިމް
17 ޖޫން 2026 - 03:46
އެމްބާއްޕޭގެ ރީތި ދެ ގޯލާއެކު ފްރާންސް ވޯލްޑްކަޕް ފެށުން ވަރުގަދަކޮށްފި

ވޯލްޑް ކަޕްގެ ގްރޫޕް އައިގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލްގެ މައްޗަށް 3-1 އިން ކުރިހޯދައި، މުބާރާތުގެ ފެށުން ކާމިޔާބުކަމާއެކު ފަށައިފިއެވެ. ނިއު ޔޯކް/ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ވަރުގަދަ ކުޅުމެއް ދައްކައި ފްރާންސަށް ނުރައްކާ ކުރި ނަމަވެސް، ދެވަނަ ހާފުގައި ފްރާންސްގެ ފެންވަރު ވަނީ ސާފުކޮށް ފެނިގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޑެޑްލޮކް ފޫއަޅުވާލަދިނީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި މި ލަނޑަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 57 ވަނަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްރާންސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޑްލީ ބާކޯލާއެވެ. މެޗުގެ ފަހުވަގުތު ސެނެގާލްގެ އިބްރާހިމް އެމްބާޔޭ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައިވަނިކޮށް، އެމްބާޕޭ ވަނީ އިތުރު ވަގުތުގެ ތެރޭގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ލަނޑާއެކު އެމްބާޕޭ ވަނީ އޮލިވިއޭ ޖިރޫގެ ރެކޯޑް މުގުރާލައި، 58 ލަނޑާއެކު ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައިރޭގައި ނޯވޭ ވަނީ އިރާގާއި ވާދަކޮށް 4-1 މޮޅުވެފައެވެ. މިމެޗުގައި ހާލަންޑް 2 ގޯލު ޖަހާފައިވާއިރު، ގޯލުގެ ތަފާތުން މިވަގުތު މި ގްރޫޕްގައި ކުރީގައި އޮތީ ނޯވޭއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިކްޓޭޓަރު މީމްގެ މައްސަލައިގައި އެމްބާއްޕޭ ޗައިނާގައި ހޫނުފެނަށް ވެއްޓި، މާފަށް އެދެފިކުޅިވަރު | 8 ދުވަސް ކުރިންއެމްބާޕޭ އާއި ޔަމާލް ފަހަތަށް ޖައްސާލުމަށްފަހު 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ކާމިޔާބުކޮށްފިކުޅިވަރު | 9 ދުވަސް ކުރިންފަހަތުން އަރައި ގޯލުޖަހައި އިޓަލީއިން ފްރާންސް ހިފަހަށްޓައިފިކުޅިވަރު | މަހެއް ކުރިންބޮޑެތި މެޗުތަކެއް ބޯމަތިވެފައިވަނިކޮށް އެމްބާއްޕޭ އަށް އަނިޔާވެ ކުޅުމާއި ދުރަށްކުޅިވަރު | މަހެއް ކުރިން