ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފި
18 ޖޫން 2026 - 04:59

މަޖީދީމަގުގައި ޤަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފައި ވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ބަސް ދަތުރުކުރާ މަގުތަކާއި ހާއްސަކޮށް މަޖީދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation
އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ތަންފީޒީ އިދާރާތަކުން ފިޔަވަޅު އަޅަމުންދާ އިރު، ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. ގައިވާ ގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
މާލޭގައި އުޅަނދުތައް ގިނަވެ، މަގުތަކުގެ އެކި ހިސާބުތަކުގައި ޕާކު ކުރުމަކީ އާންމު ކަމެކެވެ. އާންމު ގޮތެއްގައި މަޖީދީ މަގުގައި ހުންނަ ފިހާރާތަކަށް މީހުން ވަންނަން ވެގެން މަޖީދީ މަގުގައި ޕާކު ކުރެއެވެ. މިގޮތަށް ކުރާއިރު، އެމްޓީސީސީގެ ބަސް މަޑުކުރާ ސަރަހައްދުގައި ޕާކު ކުރުމުން، މަގު ބާރުބޮޑުވުމުގެ ކަންކަން ދިމާވެއެވެ.
މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އިދާރާތަކުން ކުރާ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އިދާރާތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.


