"ގޭމިން ކާނިވަލް" ކޮންމެ ހުކުރު ދުވަހު ހަވީރު ޔޫތު ހަބުގައި!
19 ޖޫން 2026 - 16:02

ފީފާ ވޯލް ކަޕްއާ ދިމާކޮށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް. ސްޕޯޓްސް އެންޑް ފިޓްނަސް އިން "ގޭމިން ކާނިވަލް"ގެ ނަމުގައި ހާއްސަ ކާނިވަލްއެއް ކޮންމެ ހުކުރު ދުވަހު ހަވީރު ޔޫތު ހަބުގައި ކުރިއަށް އެބަދެއެވެ.
މި ކާނިވަލް ފީފާ ވޯލްޑް ކަޕް 2026 ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.މި ގޭމިން ކާނިވަލްގައި ތަފާތު ގިނަ ކުޅިވަރުތަކެއްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި ހަރަކާތުގައި ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައެވެ.

Ad by Hajj Corporation
"ގޭމިން ކާނިވަލް" އަކީ ފީފާ ވޯލްޑް ކަޕް 2026 ވޮޗް ސީރީޒްގެ ބައެއްގެ ގޮތުގައި ޔޫތު ހަބުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެއްފަހަރާ 250 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޔޫތު ހަބްގައި ބާއްވާ މި ވޮޗް ޕާޓީއަކީ މުޅިން ހިލޭ، ކޮންމެ މީހަކަށްވެސް ވަދެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ރައްކާތެރި، އާއިލީ މާހައުލެކެވެ.
މެޗުތައް ދެއްކުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ހިލޭ ބުއިމާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި، ތަފާތު ކުޅިވަރުތަކާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުން ކުރިއަށްދާނެއެވެ. އިނާމުތަކުގެ ތެރޭގައި މުބާރާތުގެ ރަސްމީ ފުޓްބޯޅައާއި، 'ޔޫތު ބައި ޖިމްނޭޝިއާ'ގެ އެއް މަސްދުވަހުގެ ހިލޭ ޖިމް މެންބަރޝިޕް ހިމެނެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ޒަރީޢާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުމެވެ.


