މިދިޔަ މަހު ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ރިޕޯޓްކުރި!
21 ޖޫން 2026 - 12:00

ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ސިއްހަތާ އާއިލާއާއި އިޖްތިމާއީ އެހީ އާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން ،ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް މިދިޔަމަހު ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ.

Ad by Hajj Corporation
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު އެއީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.
ދެވަނައަށް އެންމެ ގިނައީ ކުދިންނަށް އަޅާ ނުލުމާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކެވެ. އެފަދަ 18 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ.
ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެއެވެ. ބުލީގެ 7 މައްސަލައަކާއި ސައިބާ ބުލީގެ 4 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާއިރު ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 8 މައްސަލައަކީ ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ މައްސަލަތަކެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން މިނިސްޓްރީ މެދުވެރިކޮށް 161 ކައުންސެލިން ސެޝަން ބާއްވާފައިވާއިރު، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް 44 ދީފައިވެއެވެ.
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެހެލްޕްލައިން 1412އަށް މިދިޔަ މަހު 1،379 ފޯން ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.


