logo
Bank of Maldives

Bank of Maldives

ޚަބަރު

"އެމްޑީޕީ ވެރިކަން ނިމުނުއިރު ހަމައެކަނި ފެންނަން އިނީ ވިލިމާލެއާ މާލެއާ ދެމެދު ޖަހާފައިވާ ބާ ދަގަނޑު"

އައިޝަތު ނަޝާ
21 ޖޫން 2026 - 17:32
"އެމްޑީޕީ ވެރިކަން ނިމުނުއިރު ހަމައެކަނި ފެންނަން އިނީ ވިލިމާލެއާ މާލެއާ ދެމެދު ޖަހާފައިވާ ބާ ދަގަނޑު"

އެމްޑީޕީ ސަރުކާރުގެ 5 އަހަރު ނިމުނުއިރު މާލޭ ސަރަހައްދުން ވެސް އަދި ރަށްރަށުން ވެސް ތަރައްޤީގެ އެއްވެސް މަޝްރޫއު އެއް ފެންނަން ނެއް ކަމަށާއި،ވެރިކަން ނިމުނުއިރު ހަމައެކަނި ފެންނަން އިނީ ވިލިމާލެއާ މާލެއާ ދެމެދު ޖަހާފައިވާ ބާ ދަގަނޑުގަނޑު ކަމަށް ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަބްދުއްﷲ މާނިއު ވިދާޅުވެއްޖެއެވެ.

މާނިއު މިހެން ވިދާޅުވީ،މެންދުރު ޓީވީ ގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެނާ ވިދާޅުވީ،އެމްޑީޕީ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައިރު ޤައުމުގެ ހަޒާނާ ވަނީ އެއްކޮށް ހުސްކޮށްލާފައި ކަމަށާއި،އަދި މުޅި ޤައުމު އޮތީ ދަރަނިވެރި ވެފައިކަމަށެވެ. އެމްޑީޕީ ސަރުކާރުން އުފައްދާފައިވާ ދަރަންޏާއި، އަދި ޗާޕްކުރި ފައިސާއާ އެއްވަރަށް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާކަން މާނިއު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާނިއު ވިދާޅުވީ،މާލެ ސަރަހައްދަށް ބަލާލިކަމުގައި ވިއަސް ފެނިގެންދަނީ، އެ ދަރާފައިވާ ދަރަނީގެ ނިސްބަތާ އަޅާބަލާއިރު ތަރައްޤީގެ އެއްވެސް ކުލަވަރެއް ފެނިގެން ނުދާ ކަން ކަމަށެވެ. ވިލިމާލެއާ މާލެއާ ދެމެދު ޖަހާފައިވާ ބާ ދަގަނޑު ގަނޑު ފިޔަވާ އިތުރު އެއްވެސް ކަމެއް މާލެ ސަރަހައްދުގައި ކޮށްފައިވާ މަންޒަރު ނުފެންނަ ކަން މާނިއު ފާހަގަ ކުރެއްވިއެވެ. އަދި ފެންނަން އޮތީ މުޅި މާލެ އެއްކޮށްހެން ވީރާނާ ވެފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ހަމަ އެގޮތަށް އަތޮޅުތެރޭގަ ރަށްރަށަށް ބަލާލި ކަމުގައި ވިއަސް،އެއްވެސް ރަށެއްގަ ދެމެހެއްޓެނިވި ގޮތަކަށް ކޮށްފައެއް ނެއް. މުޅިންވެސް ފެންނަނީހަމަ ކޮންމެ ރަށެއްގަ ވެސް ބިންގަލެއް އަޅާލާފަ ނިންމާލަނީ.އެއްވެސް މަޝްރޫއު އެއް ނިންމާ ތަނެއް ނުފެނޭ. އެމްޑީޕީ ވެރިކަން ނިމެން ކައިރި ވެފައި ވަނިކޮށް ހަވާލުކުރެވިގެން ދިޔަ 700 އަށް ވުރެ ގިނަ ޕްރޮޖެކްޓް. އެ ޕްރޮޖެކްޓް ތަކުގެ އެޑްވާންސް ފައިސާ ވެސް 30-90% އާ ހަމައަށް ދޫކޮށްފަ އެބަހުރި. މިގޮތަށް އަބަދުވެސް ރައްޔިތުންނަށް ގެއްލުންދިނުމަކީ އެމްޑީޕީގެ ސިޔާސަތު"އަބްދުއްﷲ މާނިއު

މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ވެސް ތަފާތުކަން ފާހަގަ ކުރައްވާ މާނިއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 2 އަހަރާއި ބައިގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ބޮޑު އިއްސައްތައެއް މިހާރު ވެސް ވަނީ ފުއްދާފައި ކަމަށެވެ. އަދި އެއްވެސް ސަރުކާރަކުން ނުދައްކާ ވަރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި މި ސަރުކާރުން ދަރަނި ދައްކާފައިވާ ކަމަށް މާނިއު ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ، އުންމީދަކީ ރައްޔިތުން މި ސަރުކާރު ބަލައިގަނެ އިތުރު ބަޔަކަށް ވެރިކަން ނުދީ ދެވަނަ ދައުރެއް ކަށަވަރު ކޮށްދިނުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އެމްޑީޕީ ވެރިކަން ނިމުނުއިރު ހަމައެކަނި ފެންނަން އިނީ ވިލިމާލެއާ މާލެއާ ދެމެދު ޖަހާފައިވާ ބާ ދަގަނޑު"ޚަބަރު | 3 ގަޑިއިރު ކުރިން