logo
Bank of Maldives

Bank of Maldives

ޚަބަރު

ސަމްޕާގައި ދުއްވާ އުޅަނދުތައް މި މަހުގެ ނިޔަލަށް ގަވައިދަށް ފައްތަން ޖެހޭނެ: އީއާރުއޭ

މަރިޔަމް މާޙީ
27 ޖޫން 2026 - 05:53
ފޮޓޯ: ރާއްޖެއެމްވީ
ފޮޓޯ: ރާއްޖެއެމްވީ

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ) ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު، މި ހިނގާ މަހުގެ ނިޔަލަށް ގަވައިދަށް ފައްތަން ޖެހޭނެ ކަމަށް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އަންގައިފިއެވެ.

އީއާރްއޭ އިން ބުނީ ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، މިކަމަށް އެދި "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް، މި ސަރަހައްދުގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ އުޅަނދުފަހަރަށް އެކަނި ކަމަށް އެ އެޖެންސީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ރަޖިސްޓްރީ ކުރާ އުޅަނދަކީ ސަމްޕާ މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކަށް ފެތޭ އުޅަނދަކަށް ވާންޖެހޭނެއެވެ. އަދި އުޅަނދުގެ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވެފައި އޮތުމަކީ ލާޒިމް ކަމެކެވެ.

ސަމްޕާ ސަރަހައްދަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ ސަރަހައްދެވެ.

މިއީ ފެހުރިހި ބެލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިންގ އާއި ސްނޯކްލިންގް ފަދަ ހަރަކާތްތަކަށް ޒިޔާރަތްކުރާ ސަރަހައްދަކަށް ވުމާއެކު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަކީ އީއާރުއޭގެ މައިގަނޑު އެއް މަގްސަދެވެ.

މިކަމާ ގުޅޭގޮތުން އީއާރުއޭއިން އިތުރަށް ބުނީ، މި ސަރަހައްދުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ބުރަފަތިން އިންސާނުންނާއި، ފެހުރިއްސާއި އަދި ކަނޑުގެ އެހެނިހެން ދިރޭތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި "ޕްރޮޕެލާ ގާރޑް" ހަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެ އޮތޯރިޓީ އިން ވަނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ގަވައިދަށް ނުފައްތާ ފަރާތްތަކާމެދު ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމްޕާގައި ދުއްވާ އުޅަނދުތައް މި މަހުގެ ނިޔަލަށް ގަވައިދަށް ފައްތަން ޖެހޭނެ: އީއާރުއޭޚަބަރު | 3 ގަޑިއިރު ކުރިން