އިމުގެ ތެރޭގައި އިީދު ފާހަގަކުރި ފަރާތްތަކަށް ޖަމިއްޔަތުއްސަލަފް އިން ހަނދާނީ ފިލާ ދީފި
27 ޖޫން 2026 - 11:42

އިސްލާމީ އުޞޫލުތަކާއި މިންގަނޑުތަކުގެ ތެރޭގައި އީދު ފާހަގަކުރި ރަށްތަކާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޖަމިއްޔަތުއްސަލަފްއިން ހާއްސަ ހަނދާނީ ފިލައާއި ލިޔުން ދީފިއެވެ.
މިއަދު ހެނދުނު ދިމްޔާތުގެ ކޮންފެރެންސް ހޯލުގައި ބޭއްވި މި ހާއްސަ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއެވެ. މި ހަފްލާގައި ޖަމިއްޔަތުއްސަލަފްގެ އިސްވެރިންނާއި ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
އިސްލާމީ ހަމަތަކުގެ މަތިން އީދު ފާހަގަކުރި ފަރާތްތަކަށް ދިން މި އެވޯޑަށް މިއަހަރު 15 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ހޮވިފައިވަނީ 11 ފަރާތެކެވެ. އެ ފަރާތްތަކަކީ:
- އދ. މާމިގިލީ ކައުންސިލު
- އދ. ދަނގެތި ޖަމިއްޔަތުލް ގަލަމް
- މ. ދިއްގަރު ކައުންސިލު
- އައްޑޫ ސިޓީ މަރަދޫ އީދު އޯގަނައިޒިން ކޮމިޓީ
- ހދ. ނޮޅިވަރަން ޖަމިއްޔަތުއް ރިސާލާ
- ލ. މާވަށު ކައުންސިލް
- އަލް މަނާރް ޖަމިއްޔާ އަދި މ. ފޭދޫ އަވަށު އޮފީސް
- އދ. މަހިބަދޫ އަލް ބައްޔިނާ ޖަމިއްޔާ
- ރ. ކިނޮޅަސް ކައުންސިލު
- އއ. ހިމަންދޫ ކައުންސިލު
- ބ. ހިތާދޫ އިރުމަތީ އަވަށު އީދު އޯގަނައިޒިން ކޮމިޓީ
މި ހަފްލާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން މުހައްމަދު މާހިރު އީސާ ވިދާޅުވީ، ޖަމިއްޔަތުއްސަލަފަކީ ދީނީ ގޮތުން ރާއްޖޭގައި ވަރަށް ބޮޑެތި ޖިހާދުތަކެއް ކުރަމުންދާ، އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރާ ޖަމިއްޔާއެއް ކަމަށެވެ.
"މި ޖަމިއްޔާގެ ސަބަބުން އަޅުގަނޑުމެންގެ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދޭ. އެކަމުގެ ވަރަށް ބޮޑު ހެއްކެއް މި ހަރަކާތަށް 15 ފަރާތަކުން ކުރިމަތިލުމަކީ،" މާހިރު ވިދާޅުވިއެވެ.
ޖަމިއްޔަތުއްސަލަފުން ބުނި ގޮތުގައި މި އެވޯޑުގެ ބޭނުމަކީ ހަރަކާތްތައް ބާއްވާއިރު ޝަރުޢީ މިންގަނޑުތަކަށް ބޯލަނބާ ފަރާތްތަކަށް ހިތްވަރުދީ، އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރުމުގެ ސަގާފަތެއް ދިވެހި މުޖުތަމައުގައި އަށަގެންނެވުމެވެ.


