logo
ޚަބަރު

4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

އަޙްމަދު ޒަލީފް
16 އޮކްޓޯބަރު 2024 - 08:58
4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް 4000އަށް ވުރެއް ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިއެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނެގުމަށާއި، ޤަވާއިދާ ޚިލާފަށް ުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ހިންގާ އޮޕަރޭޝަން "ކުރަނގި" އަކީ މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.

އޮޕްރޭޝަން ކުރަނގިއާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރައިން ވިދާޅުވީ މީހުން ދިރިއުޅޭ 45 ރަށެއްގައި ކުރަނގި އޮޕަރޭޝަން ފަށާފައިވާކަމަށެވެ. އޭގެ ތެރެއިން 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް ނިންމައިފައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އޮޕްރޭޝަން ފަށާފައިވާ 45 ރަށުން، ޖުމްލަ 4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާކަމަށެވެ.

އޮޕްރޭޝަން ކުރަނގި ފަށާފައިވާ ބައެއް ރަށްރަށުގެ މަޢުލުމާތު ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހއ. ދިއްދޫން 390 ބިދޭސީން، ރ. އަލިފުށިން 178 ބިދޭސީން، ރ. ދުވާފަރުން 140 ބިދޭސީން، ކ. ގާފަރުން 105 ބިދޭސީން، ކ. ހިންމަފުށިން 701 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ. މީގެ އިތުރުން ކ. މާފުށިން 1،076 ބިދޭސީން، ލ. ގަމުން 200 ބިދޭސީން އަދި ސ. ހިތަދޫން 114 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކުރުމަށްފަހުއެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށްވެސް މިހާރު ޝަކުވާ ހުށަހެޅޭނެޚަބަރު | 2 މަސް ކުރިންމުވައްޒަފުން ތާޒާ ނުކުރެވޭނަމަ މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައި - މިނިސްޓަރޚަބަރު | 4 މަސް ކުރިންބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލެ ގައިފަށައިފިޚަބަރު | 8 މަސް ކުރިންއޮޕަރޭޝަން ކުރަނގި: މިހާތަނަށް 18,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | 9 މަސް ކުރިން