logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލެ ގައިފަށައިފި

ފޮޓޯ: މެންދުރު
ފޮޓޯ: މެންދުރު

"އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި

މިއަދު ހެނދުނު 9:15 ފެށި މަސައްކަތް، އިރުއޮއްސި 18:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއަދާ ހަމައައް ގްރޭޓާ މާލޭ ސަރަހައްދުން ދެ ހާހަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި "އޮޕަރޭޝަން ކުރަނގި" ފެށި ފަހުން މިހާތަނަށް 24،028 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު މީހާރު ވެސް 185 ރަށެއްގައި ކުރިއަށް ގެންދެ އެވެ. އަދި 55 ރަށެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމައިފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އިދާރާތަކުން ހިންގި އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮޅު މަސް ތެރޭގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާގެމަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | 5 ދުވަސް ކުރިންޗުއްޓީ އަށް ރާއްޖެ އައި ފަތުރުވެރިއަކު އިސްލާމްވެއްޖެ، ނަމަކީ ޖަމީލާޚަބަރު | 24 ދުވަސް ކުރިންހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަގާމުން ވަކިކޮށްފިޚަބަރު | 2 މަސް ކުރިންބިދޭސީންތަކެއްގެ މެދުގައި ހިންގި މަރާމާރީއަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިޚަބަރު | 2 މަސް ކުރިން