logo
ޚަބަރު

ބިދޭސީ މަސައްކަތްތެރިންނަށްވެސް މިހާރު ޝަކުވާ ހުށަހެޅޭނެ

އަޙްމަދު ޒަލީފް
29 ޖޫން 2025 - 15:37
ބިދޭސީ މަސައްކަތްތެރިންނަށްވެސް މިހާރު ޝަކުވާ ހުށަހެޅޭނެ

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅޭނެ މަގު ފަހިކުރުމަށް ޚާއްސަ ނިޒާމެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޤާއިމުކޮށްފިއެވެ.

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅޭނެ ޚާއްސަ ސެންޓަރެއް މިއަދު ވަނީ ޤާއިމުކޮށްފައެވެ. "މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ"ގެ ނަމުގައި ޤާއިމުކުރި މި ސެންޓަރު ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، އައިއޯއެމްގެ ރީޖަނަލް ޑައިރެކްޓަރ އިޔޯރީ ކާޓޯއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހޭ ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާކަމަށް މައިގްރެންޓް ކަނެކްޓް ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ގިނައިރު މަސައްކަތްކުރަންޖެހުމާއި ރައްކާތެރި ނޫން މާޙައުލުތަކުގައި މަސައްކަތްކުރަން ޖެހުމާއި ޢާންމު މަޢުލޫމާތު ނުލިބުންފަދަ އެތައް ދައްޗަކާއި ބިދޭސީން ކުރިމަތިލާކަން ޑރ. ފައިރޫޝް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ނަމަވެސް، ގަވާއިދުގެ ތެރެއަށް ވަނުމަށް ސެންޓަރުން އެހީތެރިވެދޭނެޔޭ. އަދި ޕޯޓަލްވެސް ފަރުމާކޮށްފައިވަނީ ބިދޭސީންނަށް ބޭނުންވާ އެކި ޚިދުމަތްތަކާއި ޢާންމު މަޢުލޫމާތުވެސް ލިބޭނެ ގޮތަށް." ޑރ. ފައިރޫޝް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށްވެސް މިހާރު ޝަކުވާ ހުށަހެޅޭނެޚަބަރު | 2 މަސް ކުރިންބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލެ ގައިފަށައިފިޚަބަރު | 8 މަސް ކުރިން4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިޚަބަރު | އަހަރެއް ކުރިން