logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ފަސްޓް ލޭޑީގެ އިލްތިމާސެއް ވިޔަފާރިވެރިންނަށް

ޒިދާން މުޙައްމަދު
27 ޖޫން 2026 - 17:53
ދުންފަތުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ފަސްޓް ލޭޑީގެ އިލްތިމާސެއް ވިޔަފާރިވެރިންނަށް

ދިވެހި މުޖުތަމަޢަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވިޔަފާރިވެރިން އިސްނަގައިގެން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގަތީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި އެކަމަނާ ވަނީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި ގޮތުގައި، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ އެތައް ޖީލަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ބޮޑު ސިއްހީ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ ދުމުގެ އަސަރު ހަމައެކަނި އެ ބޭނުންކުރާ މީހާއަށް ނޫން ނަމަވެސް، އޭނާގެ ވަށައިގެން ތިބޭ މީހުންނަށްވެސް އިންތިހާއަށް ގެއްލުން ލިބެއެވެ. މީގެ އިތުރުން، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި ގިނަ ބަޔަކު މަރުވަމުންދާއިރު، އޭގެ ސަބަބުން އުފަންވާ ކުދިންނަށްވެސް ސިއްހީ ތަފާތު އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން އެކަމަނާ ހާމަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދުންފަތަކީ ފައިސާ އިސްރާފުވުމުގެ އިތުރުން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ވިހަ ފަތުރާ އެއްޗެއް ކަމަށެވެ. ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ މައްސަލަތަކަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ބައެއް ނުރައްކާތަކެވެ. އެހެންކަމުން، ސަރުކާރާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރާ މަސައްކަތުގައި އެންމެހާ ރައްޔިތުން ބައިވެރިވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ޚާއްޞަ ގޮތެއްގައި ކެފޭތަކާއި ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން މި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ބައިވެރިވުމަށް އެކަމަނާ އެދިވަޑައިގަތެވެ. އަދި ދުންފަތް ބޭނުންކުރާ ފަރާތްތަކުން އެ އާދަ ދޫކޮށްލުމަށް އައު އަޒުމަކާއެކު މަސައްކަތް ފެށުމަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެ އިތުރުން، އެކި ގޮތްގޮތަށް ދުންފަތް އިޝްތިހާރުކޮށް މީހުން މަގުފުރައްދަން ކުރާ މަސައްކަތްތަކަށް ސަމާލުވެ، ތޫނުފިލިކަން އިސްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސްކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފަތުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ފަސްޓް ލޭޑީގެ އިލްތިމާސެއް ވިޔަފާރިވެރިންނަށްޚަބަރު | 2 ގަޑިއިރު ކުރިން