logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުވެސް ރާއްޖެއިން 50,000 އެމެރިކާ ޑޮލަރުގެ އެހީ ފަލަސްޠީނަށް

އައިޝަތު އިނާޝާ
2 ޖުލައި 2026 - 07:26
މިއަހަރުވެސް ރާއްޖެއިން 50,000 އެމެރިކާ ޑޮލަރުގެ އެހީ ފަލަސްޠީނަށް

އ.ދ.ގެ މައި މަރުކަޒުގައި ބުދަ ދުވަހު ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް އަންރުވާ މެދުވެރިކޮށް ފަލަސްޠީނަށް ހަދިޔާކުރަން ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްކަމުގައި ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ދާއިމީ މަންދޫބު ވަނީ މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. އަދި، ދާއިމީ މަންދޫބު ވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވެފައެވެ.

2024 ވަނަ އަހަރުވެސް ދިވެހިރާއްޖެއިން ވަނީ އަންރުވާއަށް އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަމަޖައްސާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުވެސް ރާއްޖެއިން 50,000 އެމެރިކާ ޑޮލަރުގެ އެހީ ފަލަސްޠީނަށް ޚަބަރު | 2 ގަޑިއިރު ކުރިން