މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ޒަކާތާ ގުޅުންހުރި 4 ފޮތެއް ނެރެފި
2 ޖުލައި 2026 - 07:43

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ނެރެފިއެވެ.
އެއީ:

Ad by Hajj Corporation
- ޒަކާތާއި އަޤީދާ
- ޒަކާތާއި ޞަދަޤާތްދިނުމާމެދު ބާރުއަޅުއްވާފައިވާ މިންވަރު
- ޒަކާތާއި ޞަދަޤާތްދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީއުޅޭ މީހުންގެ ސިފަތައް
- ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ، މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ. މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ކުރިއަށްދާނީ ޖުލައި 2އިން 4އަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00އިން ރޭގަނޑު 10:00އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.


