logo
Bank of Maldives

Bank of Maldives

ދުނިޔެ

އަންރުވާގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުން 100 މިލިއަން ޑޮލަރު ހޯދަނީ

ޒިދާން މުޙައްމަދު
2 ޖުލައި 2026 - 12:46
އަންރުވާގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުން 100 މިލިއަން ޑޮލަރު ހޯދަނީ

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އަންރުވާ) އަށް ދިމާވެފައިވާ މާލީ ތާށިކަމުގެ ސަބަބުން އެ އިދާރާގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބޭނުންވާ 100 މިލިއަން ޑޮލަރު ހޯދުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ގުތެރޭޝް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން ކުރިމަތިކުރާ ހުރަސްތަކާއި ބަޖެޓުގެ ދަތިކަމުގެ ސަބަބުން، އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ހަރަކާތްތެރިވާ އަންރުވާގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. މި އިދާރާއިން ދަނީ ޣައްޒާ، ހުޅަނގު އައްސޭރި، ލުބްނާނު، އުރުދުން އަދި ސޫރިޔާގައި ތިބި 2.6 މިލިއަނަށްވުރެ ގިނަ ރެފިއުޖީންނަށް ބޭނުންވާ ތަޢުލީމާއި، ޞިއްޙީ ފަރުވާއާއި، ބޯހިޔާވަހިކަން ފަދަ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން އަންރުވާއަށް އެންމެ ބޮޑު އެހީއެއް ދެމުން އައި އެމެރިކާއިން އެހީ ކަނޑާލީ، 2023 އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާގައި އެ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިސްރާއީލުން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. ބައެއް ޤައުމުތަކުން އަލުން އެހީ ދޭން ފެށި ނަމަވެސް، އަދިވެސް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށާއި، މެންބަރު ޤައުމުތަކުން އަވަސް އެހީއެއް ނުދީފިނަމަ އިންސާނީ އެހީގެ މަސައްކަތްތައް މުޅިން ހުއްޓިދާނެ ކަމުގެ އިންޒާރު ގުތެރޭޝް ދެއްވިއެވެ.

މީގެ އިތުރުން، 2023 އޮކްޓޫބަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި އަންރުވާގެ 390 މުވައްޒަފުން ޝަހީދުވެފައިވާކަން ސެކްރެޓަރީ ޖެނެރަލް ހާމަކުރެއްވިއެވެ. އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރަށް ބޭނުންވާ 3.3 ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 27 އިންސައްތަ ފައިސާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންރުވާގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުން 100 މިލިއަން ޑޮލަރު ހޯދަނީދުނިޔެ | 2 ގަޑިއިރު ކުރިން