logo
Bank of Maldives

Bank of Maldives

ޚަބަރު

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަނާކުރުމަކީ ޝާމިލު މުޖުތަމައެއް ގާއިމުކުރުމަށް ގޮންޖެހުމެއް"

ޒިދާން މުޙައްމަދު
2 ޖުލައި 2026 - 16:31
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަނާކުރުމަކީ ޝާމިލު މުޖުތަމައެއް ގާއިމުކުރުމަށް ގޮންޖެހުމެއް"

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާކީވާ ގޮތަށް ސޯޝަލް މީޑިއާގައި ކުރެވޭ ކަންކަމަކީ، އެންމެން ބައިވެރިވާ މުޖުތަމައެއް ގާއިމުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ސިއްޙަތާއި އާއިލާއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން އެ ވުޒާރާއިން ފާހަގަކުރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ ވާހަކަތަކެއް މީސްމީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިއްޙަތާއި އާއިލާއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ބައެއް މީހުން ކުރާ މަލާމާތުގެ ކޮމެންޓުތައް އެ ވުޒާރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރާ ކައުންސިލުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. ގާނޫނު އަސާސީގެ 36 ވަނަ މާއްދާއާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކުގެ ދަށުން މި ފަރާތްތަކަށް ވަނީ ހާއްސަ ރައްކާތެރިކަމެއް ކަށަވަރުކޮށްދީފައެވެ.

އަމިއްލަ މިނިވަންކަމާއެކު އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމާއި، އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައި އޮތުމަކީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެކެވެ. ނަމަވެސް، މީސްމީޑިއާގައި އެމީހުންނަށް ފުރައްސާރަކުރުމަކީ ޝާމިލު މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.

މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި، މީގެ ސަބަބުން މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމީހުން ފަސްޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ގޮވާލައި، އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަނާކުރުމަކީ ޝާމިލު މުޖުތަމައެއް ގާއިމުކުރުމަށް ގޮންޖެހުމެއް"ޚަބަރު | 2 ގަޑިއިރު ކުރިން